ކ. މާލެ
|
11 ޖުލައި 2023 | އަންގާރަ 17:07
މޭގަން ރެޕިނޯ
މޭގަން ރެޕިނޯ
ގޫގުލް
މޭގަން ރެޕިނޯ
މި ސީޒަނަށްފަހު އެމެރިކާގެ ރެޕިނޯ ރިޓަޔާކުރަން ނިންމައިފ
އޭނާއަކީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާ

އެމެރިކާގެ އެންމެ މޮޅު ކުޅުންތެރިޔާ، މޭގަން ރެޕިނޯ، ނޭޝަނަލް ވިމެންސް ސޮކާ ލީގު (އެންޑަބްލިއުއެސްއެލް)ގެ މި ސީޒަނަށްފަހު ރިޓަޔާކުރަން ނިންމައިފިއެވެ.

އުމުރުން 38 އަހަރުގެ ކުޅުންތެރިޔާ އެކަން އިއުލާނުކުރީ ވޯލްޑް ކަޕަށް ފުރުމުގެ ކުރިން އެމެރިކާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އޭނާއަކީ މިއަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރާ އެމެރިކާ ޓީމުގެ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއެވެ.

މިއަހަރުގެ ވޯލްޑް ކަޕު ވެގެންދާނި އޭނާގެ ހަތަރު ވަނަ ވޯލްޑް ކަޕަށެވެ. 2019 ވަނަ އަހަރު އެމެރިކާއިން ވޯލްޑް ކަޕު ކާމިޔާބުކުރިއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑާއި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވަނީ ރެޕިނޯއެވެ. އޭނާ ވަނީ ފައިނަލް މެޗުގައި މޮޅު ކުޅުމެއް ދައްކައި، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފައެވެ. މީގެއިތުރުން، އެ އަހަރު ފީފާއިން ހޮވި މޮޅު ކުޅުންތެރިޔާގެ އެވޯޑުވެސް ލިބުނީ ރެޕިނޯއަށެވެ.

ރެޕިނޯއަކީ 2015 އަދި 2019 ވަނަ އަހަރު ވޯލްޑް ކަޕާއި 2012 ވަނަ އަހަރު އޮލިމްޕިކްސް ކާމިޔާބުކުރި އެމެރިކާ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ބުނީ، މިއީ ރިޓަޔާ ކުރަން ތައްޔާރަށް ހުންނާނެ ހިސާބެއްކަން ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރިން އެނގޭ ކަމަށެވެ.

އެމެރިކާ ލީގުގެ އޯއެލް ރެއިން އަށް ކުޅެމުން އަންނަ ރެޕޮނީ ވަނީ އެ ޓީމަށް ޖުމްލަ 109 މެޗު ކުޅެ، 48 ލަނޑު ޖަހައިދީފައެވެ. އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔަކީ ރެޕިނޯއެވެ. މީގެއިތުރުން، އޭނާ ވަނީ 2006 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެމެރިކާގެ ގައުމީ ޓީމަށް 199 މެޗު ކުޅެ، 63 ލަނޑު ޖަހައިދީފައެވެ.

މި މަހު 20 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕަށް ރެޕިނޯއާއި އެމެރިކާ ނިކުންނާނީ ވިދިވިދިގެން ތިންވަނަ ފަހަރަށް ތަށި ހޯދުމުގެ އަޒުމުގައެވެ.

- ކޮމެންޓް