ކ. މާލެ
|
11 ޖުލައި 2023 | އަންގާރަ 13:17
ައަދީބުގެ އިސްތިއުނާފު އަޑުއެހުން
ައަދީބުގެ އިސްތިއުނާފު އަޑުއެހުން
ޝުއައިބް މުހައްމަދު އިގްބާލް
އަދީބު ބޭސްފަރުވާއަށް ފުރުން
އަދީބު ބޭރުގައި ހުންނައިރު މޮނީޓަރު ކުރަމުންދާނަން: ކަރެކްޝަންސް
ރާއްޖޭގައި ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ވަނީ ދީފައި
އަދީބުގެ ހާލުކޮޅު ސީރިއަސްވެ އައިޖީއެމްއެޗްގައި ވަނީ ފަރުވާދެއްވާފައި
އަދީބު ގެންދަވަނީ ފުރާނައަށް ނުރައްކާ ބައްޔެއް ތަހައްމަލުކުރައްވަމުން

ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނަވާ މުއްދަތުގައި ކަރެކްޝަންސްއިން މޮނީޓަރު ކުރަމުންދާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކަރެކްޝަންސްއިން ވަނީ އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމުގެ ހުއްދަ ދީފައެވެ.

މިކަމާއި ގުޅިގެން ކަރެކްޝަންސްއިން ކުރި ޓްވީޓެއްގައި ބުނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު އެ އިދާރާއިން އަދީބަށް ދީފައިވާކަމަށެވެ.

ކަރެކްޝަންސްއިން ބުނީ އަދީބު ރާއްޖެއިން ބޭރުގައި ހުންނަވާ މުއްދަތުގައި އެ އިދާރާއިންނާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މޮނީޓަރު ކުރަމުން ގެންދާނެ ކަމަށެވެ.

ދާދި ފަހުން އަދީބުގެ ހާލުކޮޅު ސީރިއަސްވެ، އައިޖީއެމްއެޗްގައި ވަނީ ފަރުވާ ދެއްވާފައެވެ. އަދީބު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެމްޓީޑީން މީގެ ކުރިން ބުނެފައިވަނީ އަދީބު ގެންދަވަނީ ފުރާނައަށް ނުރައްކާވާ ފަދަ ނާރުގެ ބައްޔެއް ތަހައްމަލުކުރައްވަމުން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ އަދީބު ހުންނެވީ ގޭބަންދުގައެވެ. އަދީބު ގޭގައި ބަހައްޓާފައި ހުންނެވީ ފުއްޕާމެއާ ގުޅުންހުރި، ނޭވާލުމުގެ މައްސަލަތަކެއް ހުރެގެން ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ މީގެ ކުރިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
11 ޖުލައި 2023 | އަންގާރަ 13:43
މުހައްމަދު
ތިގޮތަށް މޮނިޓަރ ކުރި މީހުންނަށް ވީގޮތް ހަދާންނެތޭހާ ދުވަހެއް އަދި ނުވޭ.