Advertisement
ކ. މާލެ
|
11 ޖުލައި 2023 | އަންގާރަ 12:36
ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު
ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު
މުހައްމަދު ޝަރުހާން
އަދީބު ބޭސްފަރުވާއަށް ފުރުން
އަދީބު ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދީފި
އަދީބި ގެންދަވަނީ ފުރާނައަށް ނުރައްކާ ބައްޔެއް ތަހައްމަލުކުރައްވަމުން
އަދީބުގެ ހާލުކޮޅު ސީރިއަސްވެ އައިޖީއެމްއެޗްގައި ވަނީ ފަރުވާދެއްވާފައި

ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ކަރެކްޝަނަލް ސަރވިސްއިން ދީފިއެވެ.

އިތުބާރުހިފޭ ފަރާތަކުން ވަނީ މިކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް މިކަމާ ގުޅޭގޮތުން ކަރެކްޝަންސްއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އެހެންނަމަވެސް އަދީބު ފަރުވާއަށް ފުރާވަޑައިގަންނަވާނެ ތާރީޚެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

Advertisement

ދާދި ފަހުން އަދީބުގެ ހާލުކޮޅު ސީރިއަސްވެ، އައިޖީއެމްއެޗްގައި ވަނީ ފަރުވާ ދެއްވާފައެވެ. އަދީބު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެމްޓީޑީން މީގެ ކުރިން ބުނެފައިވަނީ އަދީބު ގެންދަވަނީ ފުރާނައަށް ނުރައްކާވާ ފަދަ ނާރުގެ ބައްޔެއް ތަހައްމަލުކުރައްވަމުން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ އަދީބު ހުންނެވީ ގޭބަންދުގައެވެ. އަދީބު ގޭގައި ބަހައްޓާފައި ހުންނެވީ ފުއްޕާމެއާ ގުޅުންހުރި، ނޭވާލުމުގެ މައްސަލަތަކެއް ހުރެގެން ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ މީގެ ކުރިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް