ކ. މާލެ
|
10 ޖުލައި 2023 | ހޯމަ 21:29
އިންޑިޔާ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ގެތައް ބިމާހަމަވެފައި
އިންޑިޔާ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ގެތައް ބިމާހަމަވެފައި
ރޮއިޓަރސް
އިންޑިޔާއަށް ކުރަމުންދާ ވިއްސާރަ
އިންޑިޔާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 22 މީހުން މަރުވެއްޖެ
ހަފްތާ ބަންދުގައި ނިއު ދިއްލީގެ ސްކޫލްތައް ވަނީ ބަންދުކޮށްފައި

އިންޑިޔާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 22 މީހުން މަރުވެފައިވާކަމަށް އިންޑިޔާގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

އުތުރު އިންޑިޔާގެ ބައެއް ސްޓޭޓް ތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހަފްތާ ބަންދުގައި ނިއު ދިއްލީގެ ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. ހިމާލަޔަން ސްޓޭޓްސްގެ ހިމާޗަލް ޕްރަދޭޝް އަދި އުއްތަރަޚާންދްގައި ދިރިއުޅޭ މީހުންނަށް ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް ވަނީ އަންގާފައެވެ.

އުތުރު ހިމާޗަލް ޕްރަދޭޝްގައި ފެންބޮޑުވުމުގެ ސަބަބުން ބްރިޖެއް ވެއްޓި މީހުން ދިރިއުޅޭ އެތައް ގެޔެއް ވަނީ ވެއްޓިފައެވެ. ކަމަބެހޭ އިދާރާތަކުން ވަނީ ހެލިކޮޕްޓަރުތަކުގެ އެހީގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތްކޮށްފައެވެ.

އުތުރުގެ ސްޓޭޓްތައް ކަމުގައިވާ ޕުންޖާނު، ދިއްލީ އަދި އުއްތަރަޚާންދުގެ މަގުތައް ވަނީ ފެންބޮޑުވެފައެވެ. ބައެއް ހިސާބުތަކުގައި ފެންބޮޑުވެފައިވުމުގެ ސަބަބުން ގޭގޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކޮށްފައިވަނީ ޑިންގީގައެވެ.

ހިމާޗަލް ޕްރަދޭޝްގެ ގިނަ ޑިސްޓްރިކްޓްތަކަކަށް ހަފްތާ ބަންދާ ދިމާކޮށް މަހެއްގެ މައްޗަށް މީގެކުރިން ވެހޭހާ ވާރޭ އެއް ދުވަހުގެތެރޭ ވެހޭކަމަށް ސީނިއަރ ވެދަރ އޮފިޝަލަކު ރޮއިޓަސް އާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް