ކ. މާލެ
|
10 ޖުލައި 2023 | ހޯމަ 06:19
ނ. އަތޮޅާއި ރ. އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަން
ނ. އަތޮޅާއި ރ. އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަން
މަސްތުވާތަކެތި އަތުލައިގަތުން
ނ. އަތޮޅާއި ރ. އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 9 މީހުން ހައްޔަރުކޮށްފި
ހައްޔަރު ކުރި އެންމެންނަކީވެސް ދިވެހި ފިރިހެނުން
25 އަހަރާއި 51 އަހަރާ ދެމެދުގެ 9 މީހުން ހައްޔަރުކޮށްފައިވޭ
މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި ބޮޑު ރަބަރު ޕެކެޓެއް އަދި 18 ކަރުދާސްކޮޅު ފެނިފައިވޭ

ނ. އަތޮޅާއި ރ. އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 9 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަން ހިންގާފަައިވަނީ ނ. އަތޮޅު އަދި ރ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ކަމަށެވެ.

މި ހިނގާ ޖުލައި މަހުގެ 2 އިން 5 އަށް ހިންގި އެ އޮޕަރޭޝަނުގައި ނ. އަތޮޅު ފަޅުރަށަކާއި ދުވާފަރުގެ ބައެއް ސަރަހައްދު އަދި ދޯންޏެއް ބަލައިފާސްކޮށްފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި ބޮޑު ރަބަރު ޕެކެޓެއް އަދި 18 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މި މައްސަލައާ ގުޅިގެން 25 އަހަރާއި 51 އަހަރާ ދެމެދުގެ 9 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމުގައި ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންގެ ބަންދަށް 7 ދުވަސް، ފަސް މީހުންގެ ބަންދަށް 10 ދުވަސް އަދި އެކަކުގެ ބަންދަށް 11 ދުވަސް ދީފައިވެއެވެ. 

ފުލުހުން ބުނީ ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި އުނގޫފާރު ޕޮލިސް ސްޓޭޝަން ގުޅިގެން މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް