ކ. މާލެ
|
6 ޖުލައި 2023 | ބުރާސްފަތި 16:28
ކޯޓުގެ ފަނޑިޔާރުން
ކޯޓުގެ ފަނޑިޔާރުން
ސުޕްރީމް ކޯޓުގެ މަަސައްކަތްތައް
ސުޕްރީމް ކޯޓުގެ ފާއިތުވި އަހަރުތަކުގެ ޝަރީއަތްތަކުގެ އޯޑިއޯ އާންމުކުރަން ފަށައިފި
އޯޑިއޯތައް މިގޮތަށް އާއްމުކުރަން ނިންމާފައިވަނީ، ސުޕްރީމް ކޯޓުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ފަސޭހައަކަށް
އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ޝަރީއަތްތަކުގެ އޯޑިއޯ ފައިލް، 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން އާއްމުކުރޭ
ސުޕްރީމް ކޯޓުގައި ބޭއްވޭ ޝަރީއަތްތަކުގެ ތެރެއިން އާއްމުކޮށް ހުޅުވާލައިގެން ބޭއްވޭ ޝަރީއަތްތައް، ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރޭ

ސުޕްރީމް ކޯޓުގެ ފާއިތުވި އަހަރުތަކުގެ ޝަރީއަތްތަކުގެ އޯޑިއޯ އާންމުކުރަން ފަށައިފިއެވެ.

ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ބާއްވާ ޝަރީއަތުގެ މަޖިލީހުގައި، އަނގަބުން ދެކެވޭ ވާހަކަތަކަކީ ރެކޯޑްކުރެވި ބެލެހެއްޓެމުންދާ ރެކޯޑްތަކެއްކަމަށެވެ. އޯޑިއޯތައް މިގޮތަށް އާއްމުކުރަން ނިންމާފައިވަނީ، ސުޕްރީމް ކޯޓުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށާއި، މައްސަލައިގެ ޚަސްމުންނަށް ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު އަޑުއެހުންތައް އަޑުއެހުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން، ސުޕްރީމް ކޯޓުން 2008 ވަނަ އަހަރުން ފެށިގެން ސުޕްރީމް ކޯޓުގައި އާއްމުކޮށް ހުޅުވާލައިގެން ބޭއްވިފައިވާ ޝަރީއަތްތަކުގެ އޯޑިއޯ ފައިލްތައް ޔޫޓިއުބް ޗެނަލްގައި، އާއްމުކޮށް ފެންނާނޭހެން އާކައިވްކުރުމަށް ސުޕްރީމް ކޯޓުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 2008، 2009 އަދި 2010 ވަނަ އަހަރު ހިންގާފައިވާ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިންތައް މިހާރުވަނީ ޔޫޓިއުބް ޗެނަލްގައި އާއްމުކޮށްފައި ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ. އެ ކޯޓުން ބުނީ މިހާރު ކުރިއަށްދަނީ، 2011އިން ފެށިގެން 2020 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް އާއްމުކޮށް ހުޅުވާލައިގެން ހިންގާފައިވާ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިންތައް ޔޫޓިބު ޗެނަލްގައި އާއްމުކުރުމުގެ މަސައްކަތްކަމަށެވެ.

ސުޕްރީމް ކޯޓުގައި ހިންގާ ޝަރީއަތްތަކުގެ ތެރެއިން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ޝަރީއަތްތަކުގެ އޯޑިއޯ ފައިލް، 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން، ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ދަނީ އާއްމުކުރަމުންނެވެ. އަދި 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ސުޕްރީމް ކޯޓުގައި ބޭއްވޭ ޝަރީއަތްތަކުގެ ތެރެއިން އާއްމުކޮށް ހުޅުވާލައިގެން ބޭއްވޭ ޝަރީއަތްތައް، ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރުމުގެ އިތުރުން، އެ އަޑުއެހުންތަކުގެ ރެކޯޑިންގ ދަނީ ޔޫޓިއުބް ޗެނައިލްގައި އާކައިވްކުރުމުގެ އިންތިޒާމްވެސް އެ ކޯޓުން ވަނީ ހަމަޖައްސާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް