Advertisement
ކ. މާލެ
|
6 ޖުލައި 2023 | ބުރާސްފަތި 09:46
އަދީބު އެޑްމިޓުކުރައްވާފައި
އަދީބު އެޑްމިޓުކުރައްވާފައި
މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް
އަދީބުގެ ހާލުކޮޅު ދެރަވުން
އަދީބު ގެންދަވަނީ ފުރާނައަށް ނުރައްކާ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން: އެމްޓީޑީ
އަދިވެސް އެކި ޓެސްޓުތައް ދަނީ ހަދަމުން
މި ބަލި ޑައިގްނޯޒްވީ ޖަލު ބަންދުން ގޭބަންދަށް ބަދަލުކުރެއްވި ފަހުން
މިހާރު އަދީބު އޮންނެވީ އީއާރުގައެއް ނޫން

ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު ގެންދަވަނީ ފުރާނައަށް ނުރައްކާވާ ފަދަ ނާރުގެ ބައްޔެއް ތަހައްމަލުކުރައްވަމުންކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ން ބުނެފިއެވެ.

އަދީބުގެ ހާލުކޮޅާ ގުޅޭގޮތުން އެމްޓީޑީން ކުރި ޓްވީޓެއްގައި ބުނީ އަދީބު އަދިވެސް އައިޖީއެމްއެޗްގައި އެޑްމިޓުކުރައްވާފައިވާކަމަށެވެ. އަދި ބައެއް ޓެސްޓުތައް ހައްދަވަމުންދާކަމަށެވެ.

Advertisement

އެމްޓީޑީން ބުނީ އަދީބު ނާރުގެ ބައްޔެއް ތަހައްމަލުކުރަމުންދާކަން ޑައިގްނޯޒްވީ 3 އަހަރުގެ ޖަލު ބަންދަކަށްފަހު ގޭބަންދަށް ބަދަލުކުރި ފަހުން ކަމަށެވެ.

ބުދަ ދުވަހުގެރޭ އަދީބު އައިޖީއެމްއެޗްގެ އީރާރަށް ގެންގޮސްފައިވަނީ ހޭފުޅު ނެތިގެންނެވެ. އެހެންނަމަވެސް މިހާރު އަދީބުގެ ހާލުކޮޅު ކުރިއަށްވުރެ ރަނގަޅު ކަމަށް އެމްޓީޑީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް