ކ. މާލެ
|
1 ޖުލައި 2023 | ހޮނިހިރު 19:32
ހޯރަފުށީ "ކޮއި ޕާކް"
ހޯރަފުށީ "ކޮއި ޕާކް"
ހޯރަފުށީގައި ކުޑަކުދިންގެ ޕާކެއް ހުޅުވުން
ހޯރަފުށީގައި ކުޑަކުދިންނަށް ޚާއްސަ "ކޮއި ޕާކް" ހުޅުވައިފި
އެ ޕާކް ހުޅުވާފައި ވަނީ ހޮނިހިރު ދުވަހު ހަވީރު
މިއީ އެރަށު ކައުންސިލްގެ ފަރާތުން ހަދިޔާކުރި ޕާކެއް
މިފަދަ ޕާކެއް ރަށުގައި ގާއިމްކުރީ 15 ވަރަކަށް އަހަރުފަހުން ކަމަށް ކައުންސިލުން ވަނީ ބުނެފައި

ހޯރަފުށީގައި ކުޑަކުދިންނަށް ޚާއްސަ "ކޮއި ޕާކް" ހުޅުވައިފިއެވެ.

އެ ޕާކް ހުޅުވާފައި ވަނީ ހޮނިހިރު ދުވަހު ހަވީރެވެ.

އެ ޕާކް ހުޅުވާފައި ވަނީ ބިދަބިން ބޮޑުބެރު ގްރޫޕްގެ ސަގާފީ ހަރަކާތްތަކަކާ އެކުގައެވެ.

އެ ޕާކަކީ ކުޑަކުދިންނަށް ކަމުދާނެ ފަދަ ހިތްގައިމު ގޮތަކަށް ތައްޔާރުކޮށްފައިވާ ޕާކެކެވެ.

ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރަށުގެ ކުޑަކުދިންނާއި، ޑަބްލިއުޑީސީ އަދި ކައުންސިލް މެމްބަރުން ވަނީ ބައިވެރިވެފައެވެ.

މިއީ އެރަށު ކައުންސިލްގެ ފަރާތުން ހަދިޔާކުރި ޕާކެކެވެ.

މިފަދަ ޕާކެއް ރަށުގައި ގާއިމްކުރީ 15 ވަރަކަށް އަހަރުފަހުން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ޕާކް ހުޅުވުމަށްފަހު، ރަށުން ފުރުމަށް ހަމަޖެހިފައިވާ މީހުން ފުރުވާލީ ކޯޑީގެ ހަރަކާތްތަކަކާ އެކުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް