ކ. މާލެ
|
1 ޖުލައި 2023 | ހޮނިހިރު 13:03
މޯލްޑިވްސް ޕޮލިސް ސާވިސް
މޯލްޑިވްސް ޕޮލިސް ސާވިސް
މޯލްޑިވްސް ޕޮލިސް ސާރވިސް
ފުލުހުންގެ ތަފާސްހިސާބު
ޖޫން މަހު ޓްރެފިކް އެކްސިޑެންޓުގެ ގިނަ މައްސަލަތަކެއް
ވައްކަމުގެ 172 މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވޭ
ޓްރެފިކް އެކްސިޑެންޓުތަކާ ގުޅޭ 140 މައްސަލަ ފުލުހުންނަށް ވަނީ ހުށައެޅިފައި
މަކަރާއި ހީލަތް ހެދުމުގެ 55 މައްސަލަ ހުށައެޅިފައިވޭ

ޖޫން މަހު ޓްރެފިކް އެކްސިޑެންޓުގެ ގިނަ މައްސަލަތަކެއް ހުށައެޅިފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހު ޓްރެފިކް އެކްސިޑެންޓުތަކާ ގުޅޭ 140 މައްސަލަ ފުލުހުންނަށް ވަނީ ހުށައެޅިފައެވެ. އެގޮތުން ދާދި ފަހުންވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި މީހުންގެ ފުރާނައަށް ނުރައްކާވެފައިވެއެވެ.

ޖޫން މަހު އެންމެ ގިނައިން ހުށައެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 172 މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާއިރު، ދެން އެންމެ ގިނައިން ހުށައެޅިފައިވަނީ އެކި ބާވަތުގެ ތަކެތި ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ މައްސަލަތަކެވެ. އެފަދަ 116 މައްސަލައެއް ޖޫން މަހު ހުށައެޅިފައިވެއެވެ.

މީގެ އިތުރުންވެސް، މަކަރާއި ހީލަތް ހެދުމުގެ 55 މައްސަލައާއި، އަނިޔާ ކުރުމުގެ 45 މައްސަލައާއި، މުދަލަށް ގެއްލުން ދިނުމުގެ 39 މައްސަލައިގެ އިތުރުން، ޖިންސީ ގޯނާގެ މައްސަލަަތަކާއި، ގެވެށި އަނިޔާއާއި، ފޭރުމާއި، ފޯރޖް ކުރުމުގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް