ކ. މާލެ
|
26 ޖޫން 2023 | ހޯމަ 21:11
މާފަރުން ފެނުނު ގޮތްނޭނގޭ ޖަނަވާރު
މާފަރުން ފެނުނު ގޮތްނޭނގޭ ޖަނަވާރު
ފޭސްބުކް
ގޮތްނޭނގޭ ޖަނަވާރެއް ފެނުން
ގޮތްނޭނގޭ ޖަނަވާރެއް މާފަރުން ފެނިއްޖެ
ވީޑިއޯއިން ފެންނަނީ މިނިކާވަގަކާ ވައްތަރު ޖަނަވާރެއް
އެއީ ކޮން ޖަނަވާރެއްކަން އަދި ދެނެގަނެވިފައެއް ނުވޭ
ފުލުހުންނާއި ސިފައިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން

ނ. މާފަރުން, ގޮތްނޭނގޭ ޖަނަވާރެއް ފެނިއްޖެއެވެ.

ހޯމަ ދުވަހު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި ގޮތްނޭނގޭ ޖަނަވާރެއް މާފަރު އެއަރޕޯޓު ރަންވޭ ސަރަހައްދުގައި އުޅޭތަން ފެނެއެވެ. ވީޑިއޯއިން ފެންނަނީ މިނިކާވަގަކާ ވައްތަރު ޖަނަވާރެކެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން ވިދާޅުވީ މިކަން ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކޮށްފައިވާކަމަށެވެ. މިފަދަ ޖަނަވާރެއް އުޅޭކަން އެނގިފައިވަނީ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ކަމަށާއި، ވީޑިއޯއިން ނޫން ގޮތަކަށް އަދި މި ޖަނަވާރު ފެނިފައިނުވާކަމަށެވެ.

Advertisement

އެހެންކަމުން ރަށުތެރޭގައި ނޫޅޭކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގެންފައި ވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ މިފަދަ ރިޕޯޓެއް ލިބިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށެވެ. އެހެންނަމަވެސް އަދި މިހާތަނަށް މިފަދަ ޖަނަވާރެއް ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް