ކ. މާލެ
|
23 ޖޫން 2023 | ހުކުރު 16:04
އެޑިން ޒެކޯ
އެޑިން ޒެކޯ
ޓްވިޓަރ
އެޑިން ޒެކޯ
އެޑިން ޒެކޯ އިންޓަ މިލާން ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ފެނަބާޗޭ އަށް
ފެނަބާޗޭގައި ޒެކޯއަށް ސީޒަނަކަށް 3.6 މިލިއަން ޕައުންޑް ލިބޭނެ ކަމަށް އެ ކުލަބުން ވަނީ ބުނެފަ

ތަޖުރިބާކާރު ފޯވާޑް އެޑިން ޒެކޯ އިންޓަ މިލާން ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ފެނަބާޗޭ އަށް ބަދަލުވެއްޖެއެވެ.

އިންޓަ މިލާނަށް ޒެކޯ އެންމެ ފަހުން ކުޅުނު މެޗަކީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިސްތަންބޫލްގައި މެންޗެސްޓާ ސިޓީ އަތުން 1-0 އިން ބަލިވި މެޗެވެ.

އުމުރުން 37 އަހަރުގެ ޒެކޯ ވަނީ ތުރުކީގެ ޓީމާ އެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ސޯޝަލް މީޑިއާގައި ޒެކޯ ބުނެފައިވަނީ އިންޓާގައި ހޭދަކުރި ދެ އަހަރު ދުވަހަކީ އުފާވެރި ދުވަސްތަކެއް ކަމަށެވެ. އަދި އޭނާ ވަނީ ކުލަބަށް ޝުކުރު އަދާކޮށްފައެވެ.

ޖޫން މަހުގެ ނިޔަލަށް އިންޓަގެ ކޮންޓްރެކްޓް ހަމަވާ ޒެކޯ ވަނީ 2021 ވަނަ އަހަރު ރޯމާ އިން އެ ކްލަބާ ގުޅުނު ފަހުން ކުޅުނު 101 މެޗުގައި 31 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އިންޓަ މިލާން އާއެކު ކޮޕާ އިޓާލިއާގެ ދެ ތަށި ކާމިޔާބުކޮށްފައެވެ.

މީގެ ކުރިން ބޮސްނިއާ އިންޓަނޭޝަނަލް ކުޅުންތެރިޔާ ވަނީ މެންޗެސްޓާ ސިޓީ އާއި ވުލްފްސްބާގާއާއެކު ޕްރިމިއާ ލީގާއި ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދައި، އޭނާގެ ކްލަބް ކެރިއަރުގައި 300 އަށް ވުރެ ގިނަ ގޯލު ޖަހައިފަ އެވެ.

ފެނަބާޗޭގައި ޒެކޯއަށް ސީޒަނަކަށް 3.6 މިލިއަން ޕައުންޑް ލިބޭނެ ކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ. މިދިޔަ ސީޒަނުގައި އެ ޓީމު ނިމުނީ ލީގުގެ ދެވަނައިގައެވެ. އެންމެ ފަހުން ލީގު ކާމިޔާބުކުރެވިފައިވަނީ 2014 ވަނަ އަހަރުއެވެ.

ފެނަބާޗޭ އިން ޒެކޯ ގެނައީ މިދިޔަ ސީޒަނުގައި ޓާކިޝް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެނާ ވެލެންސިއާގެ ބަދަލުގައެވެ. އިކުއެޑޯގެ އިންޓަނޭޝަނަލް ފޯވާޑް ވަނީ ބްރެޒިލްގެ އިންޓަނޭޝަނަލް އަށް ބަދަލުވެފަ އެވެ.

- ކޮމެންޓް