ކ. މާލެ
|
23 ޖޫން 2023 | ހުކުރު 07:40
އެމެރިކާގައި ރާއްޖޭގެ އެމްބަސީ އަލުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމެރިކާގައި ރާއްޖޭގެ އެމްބަސީ އަލުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފޮރިން މިނިސްޓްރީ
ޝާހިދު އެމެރިކާއަށް ވަޑައިގެންނެވުން
މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ޝާހިދު އެމެރިކާއަށް ވަޑައިގެންނެވީ އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް އަލުން ހުޅުއްވުމަށް
މި ދަތުރުފުޅުގައި އެގައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި މި ދަތުރުފުޅަކީ އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި އެމްބަސީ ވެގެންދާނީ ގުޅުން އިތުރަށް ބަދަހިކޮށްދޭނެ މެދުވެރިއަކަށް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުން ވަނީ ދެ ގައުމުގެ ވިޔަފާރިއާއި ސަލާމަތީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި އެމެރިކާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވެއެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލާއި، ސެކެޓްރީ ބައިލޭޓްރަލް ޑރ. ހާލާ ހަމީދާއި، ޗީފް އޮފް ޕްރޮޓޮކޯލް އަހުމަދު ޝިއާން އަދި ޑިރެކްޓަރު ޖެނެރަލް އަހުމަދު ނާސިރު ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް