ކ. މާލެ
|
21 ޖޫން 2023 | ބުދަ 13:52
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
އަވަސް
އެއްލައިދޫ ކައްކާ މަރާލުން
އެއްލައިދޫ ރިސޯޓްގައި ކައްކާ މަރާލި މައްސަލަ ކުރިއަށް ނުގެންދެވުނު
އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
ހައެއްކަ އިންޗީގެ ވަޅިއެއް ބޭނުންކޮށްގެން ކައްކާގެ ކަރުން ތިރިއަށް މޭމައްޗަށް ހަރައިލި

އދ. އެއްލައިދޫ ރިސޯޓްގައި ލަންކާ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެ ރިސޯޓުގެ ކައްކާ މަރާލި މައްސަލައިގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

މި މައްސަލައިގައި މަރުވެފައި ވަނީ ސްރީލަންކާއަށް ނިސްބަތްވާ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑިއެވެ.

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ސްރިލަންކާ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއަރޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ.

ދައުލަތުން އުފުލާފައިމިވާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލު ކުރިއެވެ. ނަމަވެސް އަޑުއެހުން ކެންސަލްވެފައިވަނީ ތަރުޖަމާނު ބަލިވެ އުޅުމުގެ ސަބަބުންނެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނަނީ، ހާދިސާ ހިނގ ރޭ 21:30 ހާއިރު، ޕަތުމް ދިލްޝަންގެ ކައިރީގައި ބިސްގަނޑެއް އަޅައިދޭން އެދުުމުން ދެ މީހުންގެ ދެމެދުގައި ޒުވާބެއް އުފެދުނު ކަމަށެވެ.

އެ ޒުވާބުގެ ތެރެއިން، ހައެއްކަ އިންޗީގެ ވަޅިއެއް ބޭނުންކޮށްގެން ކައްކާގެ ކަރުން ތިރިއަށް މޭމައްޗަށް ހަރައިލި ކަމަށް ދައުވާގައި ބުނެ އެވެ.

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާމެދު ގޮތް ނިންމަވާފައެވެ.

އޭގެ ތެރޭގައި ދައުވާލިބޭ ފަރާތް މަހިބަދޫ ޕޮލިސް ސްޓޭޝަނަށް ދީފައިވާ ބަޔާން ބަލައިގަތުމާއި، ފުލުހުންގެ ރިޕޯޓު ހެކީގެ ގޮތުގައި ބަލައިގަތުމަށް ނިންމެވުން ހިމެނެއެވެ.

އޭގެ އިތުރުން، ދިިފާއުން ހުށައަޅާފައިވާ ކަންކަމަކީ މި މަރުޙަލާގައި ޤާނޫނީ ގޮތުން ބަލައިގަނެވޭނެ ހުށައެޅުންތަކެއް ނޫންކަމަށްވެސް ވަނީ ނިންމަވާފައެވެ.

މި މައްސަލައިގައި ދައުލަތުން ހެކީގެ ގޮތުގައި ހުށައަޅާފައިވާ ޕްރިލިމިނަރީ ޕޯސްޓްމޯޓަމް ރިޕޯޓު ބަލައިގަތުމަށްވެސް ގާޒީ ނިންމެވިއެވެ.

2019 ވަނަ އަހަރު އަނިޔާވެރި މަރުގެ 3 މައްސަލައެއް ހިނގާފައިވާއިރު، އެއީ އެ އަހަރު ހިނގި އަނިޔާވެރި ފުރަތަމަ މަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް