ކ. މާލެ
|
16 ޖޫން 2023 | ހުކުރު 23:58
ގައުމީ ބާސްކެޓްބޯޅަ ޓީމު
ގައުމީ ބާސްކެޓްބޯޅަ ޓީމު
ޔޫތު މިނިސްޓްރީ
ފައިވް ނޭޝަންސް ކަޕް
ހަނި ގޮތަކަށް ޕާކިސްތާން އަތުން ބަލިވެ ރާއްޖެއަށް އަމިއްލަ ބާރު ގެއްލިއްޖެ
 
ރާއްޖެ އާއި ނޭޕާލް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެރޭ 20:30

ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގައި ހުކުރު ދުވަހުގެރޭ ހަނި ގޮތަކަށް ޕާކިސްތާން އަތުން ބަލިވެ ރާއްޖެއަށް އަމިއްލަ ބާރު ގެއްލިއްޖެއެވެ.

ރާއްޖެއަށް ސެމީ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލުނީ ކުޅުނު ތިން މެޗުން ބަލިވުމުންނެވެ. މިހާތަނަށް އެއްވެސް މެޗަކުން މޮޅު ނުވެވި އޮތީ ރާއްޖެއަށެވެ. ހޮނިހިރު ދުވަހު ބަންގްލަދޭޝް އަތުން ނޭޕާލް މޮޅުވެއްޖެނަމަ ރާއްޖެއަށް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތެއް ނޯންނާނެއެވެ. އަދި ރާއްޖެ ބަލިވުމާއެކު ބޫޓާން އަދި ބަންގްލަދޭޝް އަށް ވަނީ ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ވެފައެވެ،

ރާއްޖެ ޕާކިސްތާނު އަތުން ބަލިވެފައިވަނީ 65-63 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ކުއާޓަރުގައި ޕާކިސްތާނުން ވަނީ ބޮޑު ލީޑެއް ނަގާފައެވެ. އެ ކުއާޓަރު ނިމުނީ 22-15 އިން ޕާކިސްތާން ކުރި ހޯދައިގެނެވެ. ދެވަަނަ ކުއާޓަރުގައި ގައުމީ ޓީމުން ކުޅުން ރަނގަޅުކޮށް ފަރަގު ހަ ޕޮއިންޓަށް ކުޑަކުރިއިރު، މި ކުއާޓަރު ނިމުނު އިރު ސްކޯ އަކީ 40-34 އެވެ.

ކުއާޓަރަކަށް ފަހު ކުއާޓަރެއްގައި ގައުމީ ޓީމުން ދިޔައީ މެޗު ތެރެއަށް ވަންނަމުންނެވެ. ތިން ވަނަ ކުއާޓަރު ނިމުނުއިރު ޕާކިސްތާނު ކުރީގައި އޮތީ 50-45 ގެ ނަތީޖާއަކުންނެވެ. ގައުމީ ޓީމުން ވަނީ ފަސް ޕޮއިންޓަށް ކައިރިކޮށްފައެވެ.

މެޗުގެ ފަހު ކުއާޓަރުގައި ގައުމީ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އިދިކޮޅުގެ ގިނަ އެޓޭކުތަކެއް ހުއްޓުވާ، ރާއްޖެއަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ހިފާފައިވެއެވެ. އެގޮތުން ފަހު ކުއާޓަރުގައި ޕާކިސްތާނަށް 15 ޕޮއިންޓު ސްކޯ ކުރެވިފައިވާއިރު ރާއްޖެ ވަނީ 18 ޕޮއިންޓު ސްކޯ ކޮށްފައެވެ. އެއާއެކު މެޗު ނިމުނީ ދެ ޕޮއިންޓުގެ ފަރަގަކާއެކުއެވެ.

މި މެޗުގައި ޕާކިސްތާނުން އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 8، ޚާން ޒައިން އުލް ހަސަނެވެ. އޭނާ ވަނީ 22 ޕޮއިންޓު ސްކޯ ކޮށްފައެވެ. ގައުމީ ޓީމުން އެންމެ މޮޅު ކުޅުމެއް ދެއްކީ ޓީމުގެ ކެޕްޓަން އަހުމަދު ޒަބީރެވެ. ޒަބީރު ވަނީ ޓީމަށް 10 ޕޮއިންޓު ސްކޯ ކޮށްދީފައެވެ.

މި ރައުންޑުގެ ފަހު މެޗުގައި ރާއްޖެ ބައްދަލުކުރާނީ ނޭޕާލް އާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެރޭ 20:30 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
67%
33%
0%
0%
0%
0%
ކޮމެންޓް