ކ. މާލެ
|
21 ޖޫން 2023 | ބުދަ 00:33
ބޫޓާން އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން
ބޫޓާން އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން
ބާސްކެޓްބޯލް އެސޯސިއޭޝަން
ފައިވް ނޭޝަންސް ކަޕް
މެޗުގެ ފަހު ސިކުންތުގައި ނޭޕާލް ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ބޫޓާންއަށް
ފައިނަލް މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެރޭ

ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ބޫޓާން އިން ހޯދައިފިއެވެ.

ނޭޕާލް އާ ބައްދަލުކޮށް ބޫޓާން މޮޅުވެފައިވަނީ މެޗުގެ ފަހު ސިކުންތުގައެވެ. 60-58 އިން ނޭޕާލް ކުރީގައި އޮތްނަމަވެސް، މެޗުގެ އެންމެ ފަހު ސިކުންތުގައި ބޫޓާން އިން ތިން ޕޮއިންޓް ސްކޯ ކޮށް، 61-60 ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ. ފައިނަލުގައި ބޫޓާން ބައްދަލުކުރާނީ ބަންގްލަދޭޝް އާއެވެ. ބަންގްލަދޭޝް ވަނީ ސެމީ ފައިނަލްގައި ޕާކިސްތާން ކައިރިން މޮޅުވެފައެވެ.

މެޗުގެ ފުރަތަމަ ކުއާޓާ ނިމުނީ 16-11 އިން ބޫޓާން ކުރި ހޯދައިގެންނެވެ. ދެވަނަ ކުއާޓާވެސް ދިޔައީ ދާދި އެއްގޮތަކަށެވެ. ނޭޕާލް އަށް ރަނގަޅު ހަމަލާތަކެއް ފޮނުވުމުގެ ފުރުސަތެއް ބޫޓާން އަކުން ނުދެއެވެ. މި ކުއާޓާ ނިމުނު އިރު ބޫޓާން ކުރީގައި އޮތީ 31-27 ގެ ނަތީޖާއަކުންނެވެ.

ނޭޕާލް އިން ތިންވަނަ ކުއާޓާ ފެށީ ވަރުގަދަކޮށެވެ. އެ ކުއާޓާގައި ނޭޕާލް އިން ވަނީ ލީޑުވެސް ނަގާފައެވެ. ނަމަވެސް ކުއާޓާ ނިމުނު އިރު އެއް ޕޮއިންޓު ކުރީގައި އޮތީ ބޫޓާންއެވެ. މެޗުގެ އެންމެ ފޯރިގަދަވީ ފަހު ކުއާޓާގައެވެ. އެންމެ ފަހު ވަގުތާ ޖެހޭދެންވެސް އެއްވެސް ޓީމަކަށް ބޮޑު ލީޑެއް ނެގިފައެއް ނުވެއެވެ. ބޫޓާން މޮޅުވީ ފަހު ވަގުތުއެވެ.

ބޫޓާން އާއި ބަންގްލަދޭޝް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެރޭ 8:30 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް