ކ. މާލެ
|
15 ޖޫން 2023 | ބުރާސްފަތި 19:04
ޔާމީނާއި ޔޫސުފް ނައީމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުން
ޔާމީނާއި ޔޫސުފް ނައީމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުން
ރާއްޖެއެމްވީ
ވ. އާރަށު ޚިޔާނާތް
އާރަށު ޚިޔާނާތް: ޔޫސުފް ނައީމްގެ ފަރާތުން އިސްތިއުނާފުކުރި މައްސަލައަށް ދައުލަތުން ޖަވާބުދީފި
ޔޫސުފް ނައީމަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައި
ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބަލައިގެންފައިވާތީ ހުށައެޅި ނުކުތާއެއް ހިމެނޭ

ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ދިވެހިރާއްޖޭގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ދެވަނަ އަޑުއެހުން ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޔޫސުފް ނައީމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފަށް ދައުލަތުން ދިން ރައްދާ ގުޅިގެން، އެ ފަރާތުން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރެއްވުމެވެ.  

އާރަށު ޚިޔާނާތުގެ މައްސަލާގައި ޔޫސުފް ނައީމަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ، އޭނާ 3 އަހަރާއި، 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ޔޫސުފް ނައީމްގެ ފަރާތުން ވަނީ 4 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިޖުރާއީ ގޯހެއް ހިމެނޭކަމަށް ބުނާ 3 ނުކުތާއަކާއި މައުޟޫޢީ ގޮތުން ފާހަގަކުރާ ނުކުތާއެކެވެ.

ފުރަތަމަ ނުކުތާއަކީ ޝަރީއަތް ފެށުމަށްފަހު ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބަލައިގެންފައިވާތީ ހުށަހެޅި ނުކުތާއެކެވެ.

ދެވަނަ ނުކުތާއަކީ ޔޫސުފް ނައީމްގެ ފަރާތުން ޔާމީނަށް ފައިސާދިނީ ރަށް ދިނުމުގެ މުޤާބިލުގައިކަމަށް ދައުލަތުން ބުނާއިރު، ރިސޯޓެއް ތަރައްގީކުރުމަށްޓަކައި ރަށެއް ތިންވަނަ ފަރާތަކަށް ދިނުމަކީ ރައީސްގެ ރަސްމީ ހައިސިއްޔަތުގައި ހިމެނޭ ކަމެއްކަން ޔޫސުފް ނައީމަށް ގަބޫލު ކުރެވެންޖެހޭ ސަބަބެއް، ޤާނޫނުލްޢުޤޫބާތާއި ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ދައުލަތަށް ބުނެނުދެވޭކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.

ތިންވަނަ ނުކުތާއަކީ ދަށު ކޯޓުން ދައުވާ ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު އަދަބާ ގުޅޭގޮތުން ވާހަކަދެއްކުމަށް ދޮޅު ގަޑިއިރު ދީފައިވާތީ ހުށަހެޅި ނުކުތާއެކެވެ. އެއީ އެކަށީގެންވާ ވަގުތު ނޫންކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

ފަހު ނުކުތާއަކީ އޭނާގެ މައްޗަށް ޖަލު އަދަބު ފިޔަވައި އެހެން އަދަބެއް ކަނޑައަޅާފައި ނުވަނީ ރަނގަޅަށް ނޫންކަަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.

ދައުލަތުން ދިން ރައްދަށް ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ޔޫސުފް ނައީމްގެ ވަކީލުން ވާހަކަދައްކާފައި ވާއިރު، އެއަށްފަހު ދައުލަތަށްވެސް ތަފްސީލީ ގޮތެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ފަނޑިޔާރުން ދެއްވިއެވެ.

ދައުލަތުގެ ވަކީލުން ވަނީ މި މައްސަލާގައި ގެއްލިފައިވަނީ ފަސްލައްކަ ރައްޔިތުންގެ ހައްގުކަން ފާހަގަކޮށް، މި މައްސަލާގައި ދަށު ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ.

އަންނަ ހަފުތާގައިވެސް މި މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދަވަން މަސައްކަތް ކުރައްވާނެކަމަަށް ފަނޑިޔާރުން ވިދާޅުވިއެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޒު ހަސަން ޝަފީއު, ފަނޑިޔާރު އަލްއުސްތާޒާ ޚުޒައިފާ މުހައްމަދު އަދި އަލްއުސްތާޒު މުހައްމަދު ސަލީމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް