ކ. މާލެ
|
10 ޖޫން 2023 | ހޮނިހިރު 14:03
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދު އެމެރިކާއަށް ފުރާވަޑައިގަތުން
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދު އެމެރިކާއަށް ފުރާވަޑައިގަތުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
އުއްތަމަ ފަނޑިޔާރު
ރަސްމީ ދަތުރުފުޅެއްގައި އުއްތަމަ ފަނޑިޔާރު އެމެރިކާއަށް
އުއްތަމަފަނޑިޔާރުގެ އަރިހުގައި، ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަޑައިގަންނަވާ
މިއީ 2023 ޖޫން 11އިން 17އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެއް

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން، ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި، އުއްތަމަފަނޑިޔާރުގެ އަރިހުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަޑައިގެންފަައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މައުލޫމާތު ދޭގޮތުގައި މިއީ 2023 ޖޫން 11އިން 17އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅު އިންތިޒާމު ކުރައްވާފައިވަނީ ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ކަމަށްވެސް ސުޕްރީމް ކޯޓުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، މި ދަތުރުފުޅުގައި ކޯޓުތަކަށާއި ގާނޫނު ކިޔަވައިދޭ ސްކޫލުތަކަށް ޒިޔާރަތްކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއާ ކޯޓު އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންވެސް ބައިވެރިވެޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް