އައްޑޫ ސިޓީ
|
3 ޖޫން 2023 | ހޮނިހިރު 19:28
އަލީ ނިޒާރު - އައްޑޫ ސިޓީގެ މޭޔަރު
އަލީ ނިޒާރު - އައްޑޫ ސިޓީގެ މޭޔަރު
ރާއްޖެއެމްވީ
އައްޑޫސިޓީގެ ބިން އިތުރުކުރުން
އައްޑޫގައި އިތުރުކުރެވޭ ބިން، ޕްލޭންކުރުމުގެ މަޝްވަރާތައް އަންނަ މަހު ފައްޓާނަން: ނިޒާރު
މި މަޝްރޫއުގެ ދަށުން ޖުމްލަ 228 ހެކްޓަރުގެ ބިން އިތުރުކުރެވޭނެ

އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި ހިންގޭ އެންމެ ބޮޑު މަޝްރޫއުކަމަށްވާ ބިން ހިއްކުމުގެ މަޝްރޫއުގެ، ބިން ޕްލޭންކުރުމުގެ މަޝްވަރާތައް އަންނަ މަހުގެ ތެރޭގައި ފައްޓަވާނެކަމަށް، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. 

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެގޮތުން މަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީގެ އިގްތިސާދު ބިނާކުރުމަށްޓަކައި މި ބިންތައް ބޭނުންކުރެވޭނެކަމަށާއި މި ބިން ބޭނުން ކުރާނެގޮތާ ގުޅޭގޮތުން އައްޑޫގެ ރައްޔިތުންނާ މިއަންނަ މަހުގެ ތެރޭހައި މަޝްވަރާ ބައްދަލުވުންތައް ފައްޓަވާނެކަމަށެވެ.

އެގޮތުން، މިމަސައްކަތް ކުރުމަށްޓަކައި ބަޖެޓުގައި ފައިސާ އެބަހުރިކަމަށް ވިދާޅުވަމުން، މި ބިން ރައްޔިތުންނަށް މިއަހަރު ނިމުމުގެ ކުރިން ބޭނުންކުރެވޭނެ ގޮތް ހެދުމަށް މަސައްކަތްކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ނިޒާރު ދެއްވިއެވެ.

ކޮވިޑުގެ ދަތި ހާލަތުން ފެށިގެން މިއަދާ ހަމައަށް އައިއިރު، އައްޑޫ ސިޓީގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް 6 ބިލިއަނަށްވުރެ ގިނަ ރުފިޔާ މިސަރުކާރުން ޚަރަދުކޮށްފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

އައްޑޫއާ ނުލައި މިރާއްޖެ ތަރައްގީ ނުކުރެވޭނެކަން ސަރުކާރުން ގަބޫލުކުރުމަކީ އައްޑޫގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށާއި، އެހެންކަމުން ސިޔާސަތަށް އަންނަ ބަދަލާއެކު ފަހަތަށް ދެމިގަތުމަކީ ހިތާމަހުރި ކަމެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.

އައްޑޫ ބިނާކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށާ،އި އެމަނިކުފާނު މި ރާއްޖޭގެ، އަދި އައްޑޫ ސިޓީގެ ތަރައްގީއަށް ކޮށްދެއްވި މަސައްކަތްޕުޅު ރައްޔިތުން ބަލައިގެންފިކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ މަސައްކަތް މިއަދު ވަނީ ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވާފައެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 228 ހެކްޓަރުގެ ބިން އިތުރުކުރެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
3 ޖޫން 2023 | ހޮނިހިރު 20:26
މުހައްމަދު
ގައުމު ބިނާކުރަން އޮންނަންޖެހެނީ ގައުމު ހިންގާނެ ހަރުދަނާ ނިޒާމެއް. ވަކިމީހަކު ވެރިކަމަށް ހުރުމަކީ ގައުމު ބިނާކުރަން ޝަރުތެއް ނޫން.!