ކ. މާލެ
|
3 ޖޫން 2023 | ހޮނިހިރު 17:49
ބްރިޖްމަތީގައި ކާރެއްގައި ރޯވެފައި
ބްރިޖްމަތީގައި ކާރެއްގައި ރޯވެފައި
ސިނަމާލެ ބްރިޖްމަތީގައި ކާރެއްގައި ރޯވުން
ސިނަމާލެ ބްރިޖްގައި ދަތުރުކުރަމުން ދިޔަ ކާރެއްގައި ރޯވެއްޖެ
ކާރުގައި ރޯވީ މިއަދު ހަވީރު

ސިނަމާލެ ބްރިޖްގައި ދަތުރުކުރަމުން ދިޔަ ކާރެއްގައި ރޯވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

މަންޒަރު ދުށް ފަރާތަކުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެމުން ބުނީ ސިނަ މާލެ ބްރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެފައިވާ ކަމަށެވެ.

Advertisement

މި ހާދިސާއާ ގުޅިގެން ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ވަނީ އަލިފާން ނިއްވުމަށާއި، އެ ސަރަަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވެފައެވެ.

ކާރުގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައިވަނީ 16:20ގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 16:09ގައެވެ.

މި ހާދިސާ ހިނގި ގޮތް ސާފުކުރުމަށް ފުލުހުންނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
3 ޖޫން 2023 | ހޮނިހިރު 20:20
މުހައްމަދު
މަގުމަތީގައި އާއި ކަނޑުމަތީގައި ދުއްވާ އުޅަނދު ދުއްވަން އެކަށީގެންވޭ ތޯ ބެލުމުގެ ޒިއްމާ ޓްރާންސްޕޯޓް މިނިސްޓަރު އަދާކުރޭތޯބަލަން ރައްޔިތުން މުސާރަ އާއި އިނާޔަތް ދީފައިވާ ބަޔަކުވެސް އެބައުޅޭ.