Advertisement
ކ. މާލެ
|
3 ޖޫން 2023 | ހޮނިހިރު 14:36
 ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ
ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ
އެންވަރަންމަންޓް މިނިސްޓްރީ
ބަޔޮސްފިއަރ ރިޒާވް
ބަޔޮސްފިއަރ ރިޒާވް ގެ ބޭނުމަކީ ތަރައްޤީ ހުއްޓުވުމެއް ނޫން، ބޭނުމަކީ ދެމެހެއްޓެވިނިވި ތަރައްޤީގެ މިސާލު ދެއްކުން: މިނިސްޓަރ
ފަތުރުވެރިކަމާއި މަސްވެރިކަން ދަމަހައްޓައިގެން ނޫނީ ގައުމުގެ އިޤްތިޞާދު ބިނާކުރެވޭކަށް ނެތް
ވެށީގެ މުއްސަނދިކަން ދެމެހެއްޓުމަށް އިންޤިލާބީ ބަދަލަކާ ހަމައަށް ވާސިލުވާން ޖެހޭ

ބަޔޮސްފިއަރ ރިޒާވް ގެ ބޭނުމަކީ ތަރައްޤީ ހުއްޓުވުމެއް ނޫން ކަމަށާއި، އޭގެ ބޭނުމަކީ ދެމެހެއްޓެވިނިވި ތަރައްޤީގެ މިސާލު ދެއްކުންކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މި ފަދައިން ވިދާޅުވީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށް ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ، ބަޔޮސްފިއަރ ރިޒާވްއަކަށް ވުމުގެ ބޭނުމަކީ ތަރައްޤީ ހުއްޓުވުމެއް ނޫންކަމަށާއި، އޭގެ ބޭނުމަކީ ދެމެހެއްޓެވިނިވި ތަރައްޤީގެ މިސާލު ދެއްކުން ކަމަށެވެ.

އޭގެ އިތުރުން، ބ. އަތޮޅުގެ ރައްޔިތުންނާއި ބ.އަތޮޅުގެ ދަރިވަރުން ފަދަ ތިމާވެށީގެ ކަންކަމަށް ހޭލުންތެރި މުޖުތަމައެއް އޮތް އަތޮޅަކުން ރާއްޖޭގެ އެހެން އަތޮޅުތަކާއި، މުޅި ދުނިޔެއަށްވެސް މިސާލު ދެއްކިދާނެކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

Advertisement

ބ.އަތޮޅުގެ ކަނޑާއި ފަރުތަކަށް ލިބިފައި އޮތް ޤުދުރަތީ މުއްސަނދިކަން އެގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭވަރުގެ ދަރިވަރުންތަކެއް ބިނާވާން ޖެހޭކަން ފާހަގަ ކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، ވެށީގެ މުއްސަނދިކަން ދެމެހެއްޓުމަށް އިންޤިލާބީ ބަދަލަކާ ހަމައަށް ވާސިލުވުމަށްޓަކައި ދަރިވަރުންވެސް މުހިއްމު ރޯލެއް އަދާކުރާ ކަމަށެވެ.

އެގޮތުން ބަލާއިރު، ރާއްޖޭގެ ރަށްތަކުގެ ހިމާޔަތުގައި ލައްވާފައިވާ މުރަކައިގެ ފަރުތައް ތާއަބަދު އެގޮތުގައި ކަނޑުއަޑީގެ ރީތި ބަގީޗާތަކެއްގެ ގޮތުގައި ދެމިއޮންނާނެ ގޮތްތައް ދިރާސާކޮށް ހޯދަންޖެހޭކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިކަމާއި މަސްވެރިކަން ދަމަހައްޓައިގެން ނޫނީ ގައުމުގެ އިޤްތިޞާދު ބިނާކުރެވޭކަށް ނެތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް