ކ. މާލެ
|
30 މެއި 2023 | އަންގާރަ 17:15
ައަލިފާނުގެ ހާދިސާ ހިނގި ތަން
ައަލިފާނުގެ ހާދިސާ ހިނގި ތަން
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާއެއް ހިނގުން
ޑިލައިޓް ފިހާރަ ހުންނަ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ހާދިސާ ހިނގާފައިވަނީ އިމާރާތުގެ 5 ވަނަ ފަންގިފިލާގައި
ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން

މަޖީދީމަގު ޑިލައިޓް ފިހާރަ ހުންނަ އިމާރާތުގެ މަތީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ.

މިއަދު މެންދުރުފަހު 15:39 އެހާއިރު ޑިލައިޓް ފިހާރަ ހުންނަ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ކަމާގުޅޭ އިދާރާތަކަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އެ ސަރަހައްދަށް އެޓެންޑުވެފައިވާކަމަށެވެ. އަަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ އިމާރާތުގެ 5 ވަނަ ފަންގިފިލާގައެވެ.

Advertisement

މި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ, ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށެވެ. އަދި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް