Advertisement
ސ. ހިތަދޫ
|
26 މެއި 2023 | ހުކުރު 11:51
ހިއުމަނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަރ ރެސްޕޮންސް ޓްރެއިނިންގ
ހިއުމަނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަރ ރެސްޕޮންސް ޓްރެއިނިންގ
އައްޑޫ ސިޓީ ކައުންސިލް
ޑިޒާސްޓަރ ރެސްޕޮންސް ޓްރެއިނިންގ
ޑިޒާސްޓަރ ރެސްޕޮންސް އެންޑް ހިއުމަނިޓޭރިއަން އެސިސްޓެންސް ޓްރެއިނިންގ ނިންމައި، ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި
މިއީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އިސްނަގައިގެން ކުރިއަށްގެންދިޔަ ޓްރެއިނިންގއެއް
މި ޓްރެއިނިންގ އައްޑޫ ސިޓީގައި މެއި 21ން 25ށް ކުރިއަށްގެންދެވުނު

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ޑިޒާސްޓަރ ރެސްޕޮންސް އެންޑް ހިއުމަނިޓޭރިއަން އެސިސްޓެންސް ޓްރެއިނިންގ ނިންމާ ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގައި މެއި 21 އިން 25 އަށް ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުމުގައި ކާރިސާތަކުގައި އިޖާބަ ދިނުމާއި މުއައްސަސާތަކުގެ މެދުގައި ރެސްޕޮންސް ކޯޑިނޭޝަން ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން ބައިވެރިން ތަމްރީން ކުރެވިފައިވެއެވެ.

Advertisement

މިޓްރެއިނިން ޕްރޮގްރާމަކީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ސެންޓަރ ފޯރ އެކްސެލެންސް އެންޑް ޑިޒާސްޓަރ މެނޭޖްމަންޓް ހަވާއީ އާއި އެމެރިކާގެ މޮންޓާނާރ ނޭޝަނަލް ގާރޑްސް އަދި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކާރިސާތަކަށް އިޖާބަ ދިނުމާއި ދުރާލާ ތައްޔާރުވާނެ ގޮތްތައް ދަސްކޮށްދިނުމުގެ ގޮތުން ސިޓީ ފެންވަރުގައި ބޭއްވި މިފަދަ ފުރަތަމަ ޓްރެއިނިންގ ޕްރޮގްރާމެވެ.

ހިއުމަނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަރ ރެސްޕޮންސް ޓްރެއިނިންގ - އައްޑޫ ސިޓީ ކައުންސިލް

އެންޑީއެމްއޭގެ އިމަޖެންސީ މެނޭޖްމަންޓް ޑިޕާރޓްމަންޓް ޑިރެކްޓަރ ފަރޫޝާ އަލީ ނަސީރު ވިދާޅުވީ ކުރިން ޤައުމީ ފެންވަރުގައި މިފަދަ މަސައްކަތު ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށާއި މިޓްރެއިނިން ތަކުން ހާސިލްވި ކަމަކީ ސިޓީ ފެންވަރުގައި މަސައްކަތްކުރާ ސްޓޭކް ހޯލްޑާސްއިން ތަމްރީނު ކުރަންޖެހޭ ކަމެވެ. އެގޮތުން މިއީ ސިޓީ ފެންވަރުގައި ކާރިސާތަކުގައި އިޖާބަ ދިނުމާއި ގުޅޭގޮތުން ބޭއްވި މިފަދަ ފުރަތަމަ ބައްދަލުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފަރޫޝާ އިތުރަށް ވިދާޅުވީ މިތަމްރީން ޕްރޮގްރާމްގެ ތެރެއިން ކާރިސާއެއްގައި އެންމެ ފުރަތަމަ ރެސްޕޮންޑާރސްއިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް އެއްތަނަކަށް ގެނެސް މި ހިންގި ޕްރޮގްރާމްގެ ތެރެއިން އެފަރާތްތަކަށް ހުރި ދަތިތަކަކީ ކޮބައިކަމާއި އަދި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ދަނެގަނެވިފައިވާ ކަމަށެވެ. އެހެންކަމުން މިއީ ވަރަށް ކާމިޔާބު ތަމްރީން ޕްރޮގްރާމެއް ކަމަށް ސިފަ ކުރަމުން މިފަދަ އިތުރު ޕްރޮގްރާމްތައް ސިޓީ އަދި ރަށު ފެންވަރުގައި ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.

ހިއުމަނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަރ ރެސްޕޮންސް ޓްރެއިނިންގ - އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގައި ކުރިއަށްދިޔަ މިތަމްރީނު ޕްރޮގްރާމްގައި ކާރިސާއެއް ކުރިމަތިވާ ހިނދު އެންމެ ފުރަތަމަ ރެންޕޮންސް ކުރާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ، އެމްއެންޑީއެފް، ޕޮލިސް، އެމްއާރްސީ އަދި ކަމާއި ގުޅުންހުރި މުއައްސަސާތަކުގައި މަސައްކަތްކުރައްވާ އިސްވެރިންވަނީ ބައިވެރިވެފައެވެ.

ކާރިސާތަކަށް އިޖާބަ ދިނުމުގެ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް އެންޑީއެމްއޭއިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކޮންމެ އަހަރަކުވެސް ކުރަމުންނެވެ. ކާރިސާއެއްގެ މަޢުލޫމާތު ރިޕޯޓް ކުރުމަށް ގުޅާނީ 115 އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް