ކ. މާލެ
|
24 މެއި 2023 | ބުދަ 12:25
ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ
ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ
ރޮއިޓާސް
ސައުދީ ޕްރޯ ލީގު
ރޮނާލްޑޯގެ ލަނޑާއެކު އަލް ނަސްރަށް އުއްމީދު އައުވެއްޖެ
ރޮނާލްޑޯ ވަނީ ސައުދީ ޕްރޯ ލީގުގައި 14 ލަނޑު ޖަހާފަ

ރޮނާލްޑޯގެ ލަނޑާއެކު 3-2 ން އަލް ނަސްރު މޮޅުވެ، ސައުދީ ޕްރޯ ލީގު ކާމިޔާބުކުރުމުގެ އުއްމީދު އައުވެއްޖެއެވެ.

އަންގާރަ ދުވަހު އަލް ޝަބާބް އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އަލް ޝަބާބްގެ ކްރިސްޓިއަން ގުއަންކާ ވަނީ ދެ ލަންޑު ޖަހާ، އަލް ނަސްރު މާޔޫސް ކޮށްލާފައެވެ. އަލް ނަސްރަށް އުއްމީދެއް ލިބުނީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ޓަލިސްކާ ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް، އަލް ނަސްރުގެ އަބްދުﷲ ގަރީބު ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުން އަލް އަސްރު މޮޅުވީ 59 ވަނަ މިނެޓުގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި މެޗުން ބަލިވިނަމަ، އިއްތިހާދަށް ތަށި ލިބޭނެއެވެ.

ސައުދީ ޕްރޯ ލީގުގައި އިއްތިހާދު އެއްވަނައިގައި އޮތިީ 66 ޕޮއިންޓާއެކުއެވެ. އަލް ނަސްރު 63 ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، މި ސީޒަނުގައި ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ ދެ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް