Advertisement
ކ. މާލެ
|
21 މެއި 2023 | އާދީއްތަ 14:08
މުސްއަބު އަބްދުﷲ ވަކިކުރުމުން ބަދަލުދޭން ނިންމި ނިންމުމުގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ކުރިއަށްދޭ
މުސްއަބު އަބްދުﷲ ވަކިކުރުމުން ބަދަލުދޭން ނިންމި ނިންމުމުގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ކުރިއަށްދޭ
ޕީއެސްގެ މަގާމުން މުސްއަބު ވަކިކުރުން
މުސްއަބަށް ބަދަލުދޭންޖެހޭ މައްސަލަ: އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދިނުން ކުރިއަށް
ދައުލަތުން މައިގަނޑު 3 އިސްތިއުނާފީ ނުކުތާއެއް ވަނީ ހުށައަޅާފައި
ސީއެސްސީން ވަނީ ހައިކޯޓުގެ ނިންމުން ބާތިލުކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައި
މި އަޑުއެހުމުގައި ދެ އިސްތިއުނާފީ ނުކުތާއަކަށް ޖަވާބުދީފައިވޭ

އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމުން މުސްއަބު އަބްދުﷲ ވަކި ކުރުމުން ބަދަލުދޭން ކުރި ޙުކުމުގެ އިސްތިއުނާފު އަޑުއެހުމެއް އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މުސްއަބު އަބްދުﷲ ގެ މައްޗަށް ރައްދުވާ ގޮތަށް ހުށައަޅާފައިވާ އިސްތިއުނާފީ މައްސަލައިގެ ހަތަރުވަނަ އަޑުއެހުމެވެ.

މި މައްސަލައިގައި ދައުލަތުން މައިގަނޑު 3 އިސްތިއުނާފީ ނުކުތާއެއް ވަނީ ހުށައަޅާފައެވެ.

ކޮމިޝަނުގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށައަޅުއްވައިދެއްވީ ލީގަލް އެފެއާޒް އެންޑް ސިވިލް ސަރވިސް އެމްޕްލޯއީ ރިލޭޝަންސް ޑިވިޜަންގެ ކައުންސެލް ޖެނެރަލް އުސްތާޛު އިބްރާހިމް ރަޝީދެވެ.

Advertisement

ސީއެސްސީން ވަނީ ހައިކޯޓުގެ ނިންމުން ބާތިލުކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ.

އަދި މުސްއަބު ވަޒީފާއިން ވަކި ކުރުމުގައި މަައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިވާކަަމަށް ކަނޑައަޅުއްވައިދެއްވުމަށާއި، މުސްއަބު އަބްދުﷲ ވަކިކުރި މައްސަލައިގައި އޭނާ އަށް 1.1 މިލިއަން ރުފިޔާ ދިނުމަށް ކޮށްފައިވާ ހުކުމް ބާތިލުކަމަށް ކަނޑައަޅުއްވައިދެއްވުމަށް ސީއެސްސީގެ ވަކީލު އެދިލެއްވިއެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި މުސްއަބުގެ ވަކީލު ވަނީ އެ ނުކުތާތަކަށް ޖަވާބު ދެއްވާފައެވެ. އެގޮތުން މި އަޑުއެހުމުގައި ދެ އިސްތިއުނާފީ ނުކުތާއަކަށް ޖަވާބުދީފައިވާއިރު، ޝަރީއަތުގެ ވަގުތު ހަމަވުމާއެކު، ބާކީ އޮތް ނުކުތާއަށް ޖަވާބުދާރީވުމަށް އެހެން އަޑުއެހުމެއް ބާއްވަވާނެކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް