Advertisement
ކ. މާލެ
|
18 މެއި 2023 | ބުރާސްފަތި 19:03
ފިލިތެޔޮ ކައިރި ކަނޑު އަޑިން ވަނީ ގިނަ އަދެއްގެ މަސްތުވާތަކެތި ހޯދާފައި
ފިލިތެޔޮ ކައިރި ކަނޑު އަޑިން ވަނީ ގިނަ އަދެއްގެ މަސްތުވާތަކެތި ހޯދާފައި
ގޫގުލް
މަސްތުވާތަކެތި
ފ. ފިލިތެޔޮ ކައިރީ ކަނޑު އަޑީގައި ފޮރުވާފައި ހުރި 80 ކިލޯގެ މަސްތުވާތަކެތި ހޯދައިފި
މިތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެދަށުގައި
މަސްތުވާތަކެތި ފެނުނީ ފާނަ ނަގާ ބަޔަކަށް

ފ. އަތޮޅު ފިލިތެޔޮ ކައިރީ ކަނޑު އަޑީގައި ފޮރުވާފައި ހުރި 80 ކިލޯގެ މަސްތުވާތަކެތި ހޯދައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާގޮތުގައި، މި މަސްތުވާތަކެތި ފެނިފައިވަނީ ފ. ފީއަލިން ފާނައިގެ މަސްވެރިކަން ކުރަން ގޮސް އުޅުނު ބަޔަކަށެވެ. އަދި އެތަކެތި ފީއަލީގައި ތިބޭ ޕޮލިހުންނާ ވަނީ ހަވާލުކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، ފ އަތޮޅު ފިލިތެޔޮ ކައިރީ ކަނޑު އަޑިއަށް މަސްތުވާތަކެތި ފައްތާފައި ހުރިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފ އަތޮޅު ފުލުހުން ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާކަމަށެވެ.

Advertisement

ނަމަވެސް ހޯދާފައިވަނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއްކަން ފުލުހުން ހާމައެއްނުކުރެއެވެ. ފުލުހުން ބުނީ އެތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެދަށުގައި ކަމަށެވެ.

އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް