ކ. މާލެ
|
18 މެއި 2023 | ބުރާސްފަތި 18:52
ދައުލަތުގެ ބެލުމުގެދަށުގައި ކުދިން ބައިތިއްބާ މަރުކަޒުތަކުގެ މޮނިޓަރިންގ އެންޑް އިވެލުއޭޝަން ރިޕޯޓުގެ ހުލާސާ ހިއްސާކުރުމަށް ބޭއްވި ވޯކްޝޮޕްގެ ތެރެއިން
ދައުލަތުގެ ބެލުމުގެދަށުގައި ކުދިން ބައިތިއްބާ މަރުކަޒުތަކުގެ މޮނިޓަރިންގ އެންޑް އިވެލުއޭޝަން ރިޕޯޓުގެ ހުލާސާ ހިއްސާކުރުމަށް ބޭއްވި ވޯކްޝޮޕްގެ ތެރެއިން
ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އޮފީސް
ކުދިން ބައިތިއްބާ މަރުކަޒު
ކުދިން ބައިތިއްބާ މަރުކަޒުތަކުގެ އޮޑިޓް ހުށަހެޅުންތަކުގެ މޮނިޓަރިންގ އެންޑް އިވެލުއޭޝަން ރިޕޯޓުގެ ހުލާސާ ހިއްސާކުރުމަށް ސްޓޭކްހޯލްޑަރ ވޯކްޝޮޕެއް ބާއްވައިފި
ކުޑަކުދިން ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ 8 މަރުކަޒަކަށް ޒިޔާރަތްކޮށް، ޗައިލްޑް ރައިޓްސް އޮޑިޓްތައް ވަނީ ކުރިއަށްގެންގޮސްފައި

ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބާ މަރުކަޒުތަކުގެ އޮޑިޓް ހުށަހެޅުންތަކުގެ މޮނިޓަރިންގ އެންޑް އިވެލުއޭޝަން ރިޕޯޓުގެ ހުލާސާ ހިއްސާކުރުމަށް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ސްޓޭކްހޯލްޑަރ ވޯކްޝޮޕެއް ބާއްވައިފިއެވެ.

2023 މޭ 17އިން 2023 މޭ 18ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް، އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބާ މަރުކަޒުތަކުންވަނީ ބައިވެރިވެފައެވެ.

2021 އޮގަސްޓް 15 ވަނަ ދުވަހުން 2021 އޮކްޓޯބަރ 28 ވަނަ ދުވަހުގެ ނިޔަލަށް އެ އޮފީހުގެ ފަރާތުން، ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ 8 މަރުކަޒަކަށް ޒިޔާރަތްކޮށް ޗައިލްޑް ރައިޓްސް އޮޑިޓްތައްވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެ އޮފީހުން ޒިޔާރަތްކޮށްފައިވާ މަރުކަޒުތަކުގެ ތެރޭގައި، ތ. ވޭމަންޑޫ އަމާންވެށި، ހއ. ދިއްދޫ އަމާންވެށި، ހދ. ކުޅުދުއްފުށީ އަމާންވެށި، ށ. ފުނަދޫ އަމާންވެށި، ޏ. ފުވައްމުލަކު އަމާންވެށި، ބ. އޭދަފުށީ އަމާންވެށި، ގދ. ތިނަދޫ އަމާންވެށި އަދި ފިޔަވަތި ހިމެނެއެވެ. މި ޒިޔާރަތަށްފަހު ޖުމްލަ 785 ހުށަހެޅުން، މަރުކަޒުތަކާ ހިއްސާކޮށްފައިވެއެވެ. އަދި މަރުކަޒުތަކާ ހިއްސާކޮށްފައިވާ ހުށަހެޅުންތައް އިވެލުއޭޓްކޮށް، އިވެލުއޭޝަން ރިޕޯޓުތައް މަރުކަޒުތަކާ ހިއްސާކޮށްފައިވެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި ފޯރުކޮށްދެވުނު މައުލޫމާތުގެ ތެރޭގައި، ކުއްޖާގެ މަސްލަހަތަށް އިސްކަން ދިނުމާއި، މަސައްކަތުގެ މާހައުލުގައި ކުޑަކުދިންގެ ހައްގުތަކަށް ވިސްނުން ބައްޓަންކުރާނެ ގޮތާއި، މުޖުތަމައަށް ކުދިން ތައްޔާރުކުރުމާއި، އަމާންވެށިތަކުގައި ބަލަހައްޓާ ލިޔެކިޔުންތައް އެއްގޮތްކުރުމާ ގުޅޭ މައުލޫމާތާއި، މީގެ އިތުރުން އިޖުރާއީގޮތުން ސަމާލުކަންކަން ދޭންވީ ކަންކަމަށް އަލިއަޅުވައިލާފައިވެއެވެ. ޖުމްލަ 25 ބައިވެރިން ހިމެނޭހެން ކުރިއަށް ގެންދެވުނު މި ވޯކްޝޮޕް ނިންމާލާފައިވަނީ، ހުށަހެޅި ހުށަހެޅުންތައް ތަންފީޒުކުރުމަށް ކުރާނެ ކަންތައްތަކުގެ އެކްޝަން ޕްލޭނެއް އެކުލަވައިލުމަށްފަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް