Advertisement
ކ. މާލެ
|
14 މެއި 2023 | އާދީއްތަ 17:35
  އެކްސިޑެންޓެއްގެ ސީން އެއް
އެކްސިޑެންޓެއްގެ ސީން އެއް
އެކްސިޑެންޓްތައް އިތުރުވުން
މޫސުން ގޯސް ދުވަސްވަރު އެއްގަމު އުޅަނދުގެ އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރު: ފުލުހުން
ގިނަ އެކްސިޑެންޓްތައް ހިނގަނީ ދުއްވަންޖެހޭ ސްޕީޑަށް ވުރެ ބާރަށް ދުވުމުގެ ސަބަބުން
ކައްސާލައިގެން ވެސް ބައެއް އެކްސިޑެންޓްތައް ހިނގާ
އެކްސިޑެންޓެއްވުމުން އެކަން ފުލުހުންނަށް ރިޕޯޓު ކުރަންޖެހޭ

މޫސުން ގޯސްދުވަސްވަރު އެއްގަމު އުޅަނދުގެ އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރު ކަމަށް ފުލުހުން ބުނެފިއެވެ.

ފަސްކާފު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ހަލީލް ވިދާޅުވީ އާއްމު ދުވަސްތަކާއަޅާބަލާއިރު، މޫސުން ގޯސް ދުވަސްވަރު މާލެ ސަރަހައްދުގައި ގިނައިން އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރު ކަމަށެވެ.

Advertisement

އެގޮތުން ބްރިޖް ހައިވޭ ގައި ވަރަށް ގިނަ އެކްސިޑެންޓްތައް ހިނގާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިބްރާހިމް ވިދާޅުވީ ގިނަ އެކްސިޑެންޓްތައް ހިނގަނީ ދުއްވަންޖެހޭ ސްޕީޑަށް ވުރެ ބާރަށް ދުވުމުގެ ސަބަބުން ކަމަށެވެ. އަދި ސައިކަލު މަޑުކުރުމުގެ ތެރޭގައި ކައްސާލައިގެން ދިއުމާއި، ހެލްމެޓް ރަނގަޅަށް ނޭޅުމުގެ ސަބަބުން ވިއްސާގެން ގޮސް އެހެން ދުއްވާ އުޅަނދެއްގައި ޖެހިގެން ވެސް އެކްސިޑެންޓް ހިނގާ ކަމަށެވެ. މީގެ އިތުރުން ވާރޭ ވެހޭ ދުވަސްތަކުގައި ބައެއް މީހުން ލައިގެން އުޅޭ ވިއްސާރަ ކޯޓު ނައްޓައިގެން ގޮސް ވެސް ބައެއް އެކްސިޑެންޓްތައް ހިނގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސުން ގޯސް ދުވަސްކޮޅު ބްރިޖް އެންޑް ހައިވޭގައި އަދި މާލެ ހުޅުމާލޭގައި އެއްގަމު ދަތުރުފަތުރު ތަފާތު އެކްސިޑެންޓްތައް ހިނގާ. އެކްސިޑެންޓްތައް އިތުރު. އޭގެ ތެރޭގައި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވުން ހިމެނޭ.
އިންސްޕެކްޓަރ ޕޮލިސް އިބްރާހިމް ހަލީލް

އިބްރާހިމް ވިދާޅުވީ އެކްސިޑެންޓެއްވުމުން އެކަން ފުލުހުންނަށް ރިޕޯޓު ކުރަންޖެހޭ ކަމަށެވެ. ދެފަރާތުގެ މައްސަލައެއް ނެތް ނަމަވެސް ރިޕޯޓު ކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން އިބްރާހިމް ވިދާޅުވީ ބައެއް ފަހަރު އެކްސިޑެންޓްވުމަށްފަހު ބައެއް ވެހިކަލްތައް މަޑުނުކޮށްދާ ކަމަށާއި، ބައެއް މީހުން ފިލުމަށް ވެސް މަސައްކަތް ކުރާ ކަމަށެވެ. އެއީ މައްސަލައެއް ކަމަށާއި، އެ މައްސަލަ ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގު ކުރެވޭނެ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

މޫސުން ގޯސް ދުވަސްވަރު މާގިނައިން އެކްސިޑެންޓްތައް ހިނގަމުންދާތީ ދުއްވާ މީހުން އިތުރަށް ސަމާލުވުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް