ކ. މާލެ
|
14 މެއި 2023 | އާދީއްތަ 14:23
ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އިގްތިސާދީ ގުޅުން ވަރުގަދަކުރުމާމެދު މަޝްވަރާކޮށްފި
ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އިގްތިސާދީ ގުޅުން ވަރުގަދަކުރުމާމެދު މަޝްވަރާކޮށްފި
ޓްވިޓަރ
ރާއްޖެ - ސައުދީ އަރަބިއްޔާ
ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އިގްތިސާދީ ގުޅުން ވަރުގަދަކުރުމާމެދު މަޝްވަރާކޮށްފި
މިނިސްޓަރު އަމީރު ވަނީ އައިޓީއެފްސީގެ ސީއީއޯއާ ބައްދަލުކުރައްވާފައި

ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އިގްތިސާދީ ގުޅުން ވަރުގަދަކުރުމާމެދު މަޝްވަރާކޮށްފިއެވެ.

އެކަން ހާމަކުރައްވާފައި ވަނީ ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއާއި ސައުދީ އަރަބިއްޔާގެ މާލީ ވަޒީރު މުހައްމަދު އަލް ޖަދުއާން ބޭއްވި ބައްދަލުކުރެއްވުމަކަށް ފަހު، އަލް ޖަދުއާންއެވެ.

އޭނާ އެކަން ހާމަކުރެއްވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

Advertisement

އެ ދެބޭފުޅުން ބައްދަލުކުރައްވާފައި ވަނީ މިމަހުގެ 10 އިން 13 އަށް ކުރިއަށް ދިޔަ އިސްލާމިކް ޑިވެލޮޕްމެންޓު ބޭންކުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.

އޭނާ ވިދާޅުވީ އެ ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އިގްތިސާދީ އަދި މާލީ ގޮތުން ގާއިމްކޮށްފައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމާމެދު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މި ދަތުރުގެ ތެރެއިން އެކިއެކި ދާއިރާތަކުގެ ކަމާގުޅުންހުރި ފަރާތްތަކާ ވެސް ރާއްޖޭގެ ވަފުދު ދަނީ ބައްދަލުކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ތަރައްޤީއާއި ގުޅުން ހުރި މަޝްރޫއުތަކަށް ފައިސާ ހޯދުމާއި ރާއްޖޭގެ އިޤްތިޞާދާއި ގުޅުން ހުރި ކަންކަމުގައި ދަނީ މަޝްވަރާކުރަމުންނެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވަނީ ޑިރެކްޓަރ ޓްރޭޑް ފައިނޭންސް އެންޑް ޕްރޮމޯޝަން ޑިޕާޓްމެންޓް އެޓް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)، ހަނީ ސުންބޮލް އާއި ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އައިޓީއެފްސީއާ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން ތަރައްޤީ އާއި އިގްތިޞާދުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާކުރިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް