ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 14:52
ސިޓްރޯން"ރޯދަ ވެދުން" ލަކީޑްރޯ
ސިޓްރޯން"ރޯދަ ވެދުން" ލަކީޑްރޯ
ފޭސްބުކް
ސިޓްރޯން
ސިޓްރޯން"ރޯދަ ވެދުން"ގެ ޕްރޮމޯޝަންގެ ގުރުއަތުލުން ބާއްވައިފި
މި ޕްރޮމޯޝަންގައި ބައިވެރިކުރީ ސިޓްރަންގެ ރޯދަ ވީއްލުމަށް 250ރ ހޭދަކުރި ފަރާތްތައް

ސިޓްރަން ރެސްޓޯރެންޓުގެ "ރޯދަ ވެދުން"ގެ ޕްރޮމޯޝަންގެ ގުރުއަތުން ބާއްވައިފިއެވެ.

ސިޓްރަން ރެސްޓޯރަންޓާއި އެލިއާ އިންވެސްޓްމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި ގުރުއަތުލުން ބާއްވާފައިވަނީ ހޮނިހިރު ދުވަހުގެރޭގައެވެ.

މެއި 27 ން ޖުލައި 3 ގެ ނިޔަލަށް ގެންދިޔަ މި ޕްރޮމޯޝަންގައި ބައިވެރިކުރީ ސިޓްރަންގެ ރޯދަ ވީއްލުމަށް 250ރ ހޭދަކުރި ފަރާތްތަކެވެ.

ސިޓްރަން އިން ވަނީ މިފަހަރު އަލަށް ބޯނަސް އިނާމެއްގެ ގޮތުގައި ބައިވެރިންނަށް ގިފްޓް ވައުޗަރެއް ދީފަ އެވެ. އެ ގިފްޓް ވައުޗަގައި ދެ މީހުންނަށް ސިޓްރަންއިން އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހުކުރު ދުވަހު ރޭގަނޑުގެ ކެއުމުގެ އިވެންޓްތައް އަދި ހެނދުނު ސަޔާއި މެންދުރުކެއުމާއި ދެ މީހަކަށް ދޭން ވަނީ ހަމަޖައްސައިފަ އެވެ.

އެ ޕްރޮމޯޝަންގެ ގަރުއަތުން އެއްވަނަ އަށް ހޮވުނު ފަރާތަކަށް ސިޓްރަން ކަނޑައަޅާފައިވާ ޔަމަހާ އެމްއެކްސް ސައިކަލު ލިބިފައިވަނީ މުހައްމަދު ނަވީލް އަށެވެ.

ދެވަނަ އިނާމަކަށް ކަނޑައަޅާފައިވަނީ ޔަމަހާ ފިނޯ 125 ސައިކަލް ލިބުނީ ފަތުހުﷲ ތަހުގީގަށެވެ.

ތިންވަނަ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގިފްޓް ވައުޗާގެ އިނާމަށް ގުރުއަތުން ހޮވިފައިވަނީ އަބްދުﷲ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް