Advertisement
ކ. މާލެ
|
11 މެއި 2023 | ބުރާސްފަތި 10:53
ބަަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ޝާހީން މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މުހައްމަދު މަސްއޫދު
ބަަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ޝާހީން މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މުހައްމަދު މަސްއޫދު
ރާއްޖެއެމްވީ
ދޯންޏެއްގައި ބިދޭސީއަކު މަރާލުން
މަސް ދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: ދެ އަހަރަށްފަހު އަޑުއެހުމެއް ބާއްވައިފި
މިހާރު ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިހުސާން
ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭގޮތުން ޝަރީއަތުން ނިންމާ ގޮތެއް ގާޒީ ހާމަ ކުރައްވާނެ
މި މައްސަަލައާ ގުޅިގެން އެންމެ ފަހުން އަޑުއެހުމެއް ބޭއްވިފައިވަނީ 20 މެއި 2021 ގައި

މަސް ދޯންޏެއްގައި މާރާމާރީ ހިންގާ ބިދޭސީ އަކު މަރާލި މައްސަލައިގައި ދެ އަހަރަށްފަހު އަޑުއެހުމެއް ބާއްވައިފިއެވެ.

މި މައްސަލައިގަ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ޝާހީން މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު މަސްއޫދު ކިޔާ މީހެއްގެ މައްޗަށެވެ.

އޭނާގެ މައްޗަށް އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނގެފަސް ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) އާއި (ރ) ގެ ދަށުން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި ބުރާސްފަތި ދުވަހު އޮތް އަޑުއެހުމަކީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ.

މި މައްސަލަ މީގެ ކުރިން ބައްލަވަމުން ގެންދެވީ ގާޒީ ދީބާނާޒް ފަހުމީއެވެ. ނަމަވެސް ދީބާނާޒް ހައިކޯޓަށް ބަދަލުވެވަޑައިގެންނެވުމާއި ގުޅިގެން މިހާރު ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިހުސާންއެވެ. ގާޒީ އިހުސާން ވަނީ މި މައްސަލަ ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ދެފަރާތުން މައުލޫމާތު އޮޅުންފިލުވާފައެވެ.

Advertisement

މި މައްސަަލައާ ގުޅިގެން އެންމެ ފަހުން އަޑުއެހުމެއް ބޭއްވިފައިވަނީ 20 މެއި 2021 ގައެވެ. އެ ދުވަހު ދައުވާ އިއްވައި، ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭގޮތުން ވަނީ ދެފަރާތުން ވާހަކަ ދައްކާފައެވެ. އެއީ މި މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމެވެ.

ގާޒީ އިހުސާން ވިދާޅުވީ، މި މައްސަލަ ކުރިއަށް ގެންދަވާނީ މި މައްސަލަ އެންމެ ފަހުން ބެއްލެވި ގާޒީ ނިންމަވާފައިވާ ހިސާބުން ކަމަށެވެ.

ގާޒީ ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭގޮތުން ދެފަރާތުން އިތުރު ވާހަކައެއް ދައްކަން އޮތްނަމަ ފުރުސަތު ދެއްވާފައެވެ. ނަމަވެސް އިތުރު ވާހަކައެއް ނެތްކަން ދައުލަތާއި ދިފާއުން ވަނީ ފާހަގަކޮށްފައެވެ.

ދެން އޮންނަ އަޑުއެހުމެއްގައި ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭގޮތުން ޝަރީއަތުން ނިންމާ ގޮތެއް ގާޒީ ހާމަ ކުރައްވާނެއެވެ.

ގާޒީ ވިދާޅުވީ، މި މަހުގެ ފަހު ހަފްތާގެ ތެރޭގައި އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް