ކ. މާލެ
|
7 މެއި 2023 | އާދީއްތަ 11:26
ރާއްޖެ އާއި ބަންގްލަދޭޝް 2021 ވަނަ އަހަރު ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެ އާއި ބަންގްލަދޭޝް 2021 ވަނަ އަހަރު ބައްދަލުކުރި މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިވާނެ ބިދޭސީ ދެ ވަނަ ޓީމެއް ހޯދަނީ
 
މިހާރު މުބާރާތުގައި ބައިވެރިވާން އޮތީ 7 ޓީމު

ސާކް ސަރަހައްދުން ބޭރުން، ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާނެ ދެ ވަނަ ޓީމެއް ހޯދުމަށް ހޭދަކުރާނެ ފަހު ތާރީހަކީ މި މަހުގެ 15 ވަނަ ދުވަސް ކަމަށް ނިންމައިފި އެވެ.

އިއްޔެ ބޭއްވި ސާފްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ މި މަހުގެ 15 ވަނަ ދުވަހަށް ބެލުމަށްފަހު މުބާރާތުގައި އަށް ޓީމު ބައިވެރިވެވޭނެ އުސޫލެއް ހަމަޖެއްސުމަށެވެ.

ސްރީލަންކާ ފުޓްބޯޅައިން ސަސްޕެންޑުވެފައި އޮތުމުން މިވަގުތު މުބާރާތް ކުޅެން އޮތީ ހަތް ގައުމެވެ. އެއީ ސާކްގެ ހަ ގައުމު ކަމަށްވާ އިންޑިޔާ އާއި ޕާކިސްތާން އަދި ބަނގްލަދޭޝް އާއި ދިވެހިރާއްޖެ އާއި ނޭޕާލާއި ބޫޓާނެވެ. ސަރަހައްދުން ބޭރުން މުބާރާތުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފައިވަނީ ކުވޭތެވެ. މުބާރާތުގެ ދައުވަރު ސިންގަޕޫރާއި މެލޭޝިޔާ އަދި ސީރިއާ އާއި ސައޫދީ އަރަބިއާ އާއި ޖޯޑަން އަށް ވެސް ވަނީ ފޮނުވައިފަ އެވެ.

އެކްސްކޯ ބައްދަލުވުމުގައި ވަނީ އަންނަ އަހަރު ސާކް ގައުމުތަކުގެ ކުލަބު ފުޓްބޯޅަ މުބާރާތް ވެސް ފަށަން ނިންމާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
20%
20%
0%
60%
0%
0%
ކޮމެންޓް