ކ. މާލެ
|
6 މެއި 2023 | ހޮނިހިރު 18:14
އެމް ސަވާރީ ބޯޓުގެ ފަޅުވެރިން ކޯސްޓު ގާޑަށް ނަގަނީ
އެމް ސަވާރީ ބޯޓުގެ ފަޅުވެރިން ކޯސްޓު ގާޑަށް ނަގަނީ
އެމްއެންޑީއެފް
ކަނޑުމަތީގެ އެކްސިޑެންޓެއް
30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ލޯންޗަކީ މާލެއިން ދ. މީދޫއަށް ދަތުރުކުރި ސްޕީޑް ލޯންޗެއް
ފ. ފީއަލީގެ ހަތް މޭލު ބޭރުން ލޯންޗަށް ރާޅެއް އެރުމުގެ ސަބަބުން ސިފައިން ދަނީ ހަރަކާތްތެރިވަމުން

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައި، ލޯންޗް ދިޔަވުމުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އެ ލޯންޗަކީ މާލެއިން ދ. މީދޫއަށް ދަތުރުކުރި ސްޕީޑް ލޯންޗެކެވެ.

އަދި އެ ލޯންޗަށް ފ. ފީއަލީގެ ހަތް މޭލު ބޭރުން ރާޅެއް އެރުމުގެ ސަބަބުން ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށް އެ އިދާރާއިން ބުނެއެވެ.

އެހެންނަމަވެސް އެމްއެންޑީއެފުން ވަނީ މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ ކަަަމަށް ބުނެފައެވެ.

30 މީހުންނާއެކު ދަތުރުކުރި އެ ލޯންޗުގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނޭކަމަށް އެމްއެންޑީއެފް ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ވަނީ އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ފ. ފިލިތެޔޮ ރިސޯޓުން ދޯންޏަކާއި، ފީއަލިން ދޯންޏަކާއި, ސްޕީޑް ބޯޓެއް ފުރާފައިވާކަމަށް ބުނެފައެވެ.

އަދި ކޯސްޓްގާޑުގެ ހާބާ ކްރާފްޓެއް ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް