ކ. މާލެ
|
2 މެއި 2023 | އަންގާރަ 08:07
އިންޑިއާގެ ދިފާއީ ވަޒީރު މިނިސްޓަރު ޝާހިދާ ބައްދަލުކުރެއްވުން
އިންޑިއާގެ ދިފާއީ ވަޒީރު މިނިސްޓަރު ޝާހިދާ ބައްދަލުކުރެއްވުން
ފޮރިން މިނިސްޓްރީ
ރާޖްނާތު ސިންގ ރާއްޖެ ވަޑައިގަތުން
އިންޑިއާގެ ދިފާއީ ވަޒީރު މިނިސްޓަރު ޝާހިދުއާ ބައްދަލުކުރައްވައިފި
ރާއްޖޭގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާއިން ކުރާ މަސައްކަތް ފާހަގަކުރެއްވި
ދިފާއީ ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތް ސިންގ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހަށް އިޚުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ހޯމަ ދުވަހު ފޮރިން މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ މިނިސްޓަރުން ވެސް ވަނީ ދެގައުމުން ގުޅިގެން ކޮށްފައިވާ މަސައްކަތްތަކާއި، ހޯދައިފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިންޑިއާއިން އަދާކުރާ މުހިންމު ރޯލު މިނިސްޓަރު ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

އަދި ކުރިއަށްއޮތްތަނުގައި ދިފާއީ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ދެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ކުރިއަށްއޮތްތަނުގައި ވެސް ގުޅިގެން މަސައްކަތްކުރައްވަން ވަނީ އެއްބަސްވެވަޑައިގެންފައެއެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ތިން ދުވަހުގެ ދަތުރުފުޅަކީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް