Advertisement
ކ. މާލެ
|
29 އޭޕްރިލް 2023 | ހޮނިހިރު 21:03
ނިޔާވި ސައުދުﷲ
ނިޔާވި ސައުދުﷲ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
އެކްސިޑެންޓެއްގައި މީހަކު މަރުވުން
ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ ވިޔަފާރިވެރިޔާ ސައުދުﷲ އަހުމަދު

ކ. ފޭދޫފިނޮޅު ކައިރީގައި ހޮނިހިރު ދުވަހުގެ ހަވީރު ހިނގި ލޯންޗު އެކްސިޑެންޓް އެއްގައި މީހަކު މަރު ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާ ލިބުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިދުނިޔެ ދޫކޮށްފައިވަނީ ވިޔަފާރިވެރިޔާ ސައުދުﷲ އަހުމަދުއެވެ.

ބ. ކުޑަރިކިލަށް އުފަން އުމުރުން 53 އަހަރުގެ ސައުދުﷲ އަކީ ސަސް އީ ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. އޭނާ މިހާތަނަށް ވަނީ އަމީން ކޮންސްޓްރަކްޝަނާއި ރެއިންބޯ އެންޓަޕްރައިސަސްގައި ވެސް އިސް މަގާމުތަކެއް އަދާ ކުރައްވާފައެވެ.

Advertisement

ފުލުހުން ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ ހޮނިހިރު ދުވަހުގެ ހަވީރު 4:42 އެހާއިރުއެވެ.

މި އެކްސިޑެންޓުގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ،

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް