ކ. މާލެ
|
29 އޭޕްރިލް 2023 | ހޮނިހިރު 19:16
އިންޑިޔާގައި އުފައްދާ ހަކުރު
އިންޑިޔާގައި އުފައްދާ ހަކުރު
ވަޔަން
އިންޑިޔާގެ ހަކުރު އެކްސްޕޯޓް މަނާކުރުން
އިންޑިޔާއިން ހަކުރު އެކްސްޕޯޓްކުރުން މަނާކުރަނީ
ހަކުރު އެކްސްޕޯޓްކުރުން މަނާކުރަނީ އެތެރޭގެ ބޭނުންތަކަށް ފުދޭވަރަށް ނެތި، އާންމުން ސަރުކާރާމެދު ހިތްހަމަނުޖެހިދާނެތީ

އިންޑިޔާގައި ހަކުރު އުފެއްދުން މިއަހަރު މަދުވުމާ ގުޅިގެން, ހަކުރު އެކްސްޕޯޓްކުރުން މަނާކުރަން ތައްޔާރުވެފައިވާކަމަށް ޚަބަރުލިބެއެވެ. ހަކުރަކީ އެންމެންވެސް އެ ބޭނުންވާ، އަދި ލިބުން ދަތިވެއްޖެނަމަ އެންމެންވެސް ހިތްހަމަނުޖެހޭނެ ބާވަތެކެވެ.

އިންޑިޔާގެ ޑޮމެސްޓިކް ކޮންސަމްޕްޝަން ޑިމާންޑަށް ބޭނުންވާނެކަމަށް އަންދާޒާކޮށްފައިވާ 275 ލައްކަ ޓަނުގެ ހަކުރު އެބަހުރިކަމަށް ސަރުކާރުން ބުނެފައިވެއެވެ. ނަމަވެސް މިއަހަރު ސްޓޭޓް އިލެކްޝަންސް އޮވެފައި، އަދި އަންނަ އަހަރު ލޮކްސަބާ އިލެކްޝަންސް އޮންނާތީ، ހަކުރު ތަދުވުމުގެ ސަބަބުން މީހުން ސަރުކާރާމެދު ހިތްހަމަނުޖެހެން ބޭނުންނުވާތީ އެކްސްޕޯޓްކުރުން މަނާކުރަނީކަމަށް އިސް އޮފިޝަލަކު ވިދާޅުވެފައިވެއެވެ.

ޑިޕާޓްމަންޓް އޮފް ކޮންސިއުމަރ އެފެއަރޒްގެ ހިސާބުތައް ދައްކާގޮތުން، ހުކުރު ދުވަހު އިންޑިޔާގެ ހުރިހާ ހިސާބެއްގައިވެސް ހަކުރު ކިލޯއެއް ހުރީ 42 ރުޕީސް 24 ސެންޓަށެވެ. މީގެ އެއްއަހަރު ކުރީގެ އަގަކީ 41 ރުޕީސް 31 ސެންޓެވެ. 2022-2023ގެ މޫސުމުގައި 327 ލައްކަ ޓަނުގެ ހަކުރު އުފައްދާނެކަމަށް ބެލެވޭއިރު، 2020-2021ގެ މޫސުމުގައި 359 ޓަނުގެ ހަކުރު އުފައްދާފައިވެއެވެ. 

ބައެއް ރިޕޯޓްތައް ބުނާގޮތުން، ހަކުރު އުފައްދާ މިލްތަކުން މިހާރުން ފެށިގެންވެސް ސީދާ އެހެން ގައުމުތަކަށް ހަކުރު ނުފޮނުވުމަށް މިނިސްޓަރުންގެ ކޮމިޓީއަކުން ވަނީ އަމުރުކޮށްފައެވެ. މި ކޮމިޓީގައި ޔޫނިއަން ފައިނޭންސް މިނިސްޓަރާއި މިނިސްޓަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ ހިމެނިވަޑައިގަންނަވައެވެ. މި ކޮމިޓީން ވަނީ ހަކުރުގެ މައްސަލާގައި އެޕްރިލް 27 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވައި ގޮތްތަކެއް ނިންމާފައެވެ. އަދި ސަރުކާރުން ދާދި އަވަހަށް ޝިޕްމަންޓްތަކަށް ކަނޑައެޅޭ މިންވަރު އިއުލާންކުރާނެކަމަށް، އޮފިޝަލަކާ ހަވާލާދީ ލިބޭ ޚަބަރުތައް ބުނެއެވެ.

އިންޑިޔާއިން ހަކުރު އިމްޕޯޓްކުރާ މުހިންމު އެއްގައުމަކީ ބަންގްލާދޭޝް ކަމަށްވާއިރު، މިއަހަރުގެ މިހާތަނަށްވެސް 6.31 ލައްކަ ޓަނުގެ ހަކުރު އިންޑިޔާއިން ބަންގްލާދޭޝްއަށް ފޯރުކޮށްދީފައި ވެއެވެ.

އިންޑިޔާއިން ހަކުރު އިމްޕޯޓްކުރާ މައިގަނޑު އެހެން ގައުމުތަކުގެތެރޭގައި ޖިބޫޓީ، އިރާގު، ސޯމާލިޔާ، ސޫދާން، އިންޑޮނީޝިޔާ، ސްރީލަންކާ، ޔުނައިޓަޑް އަރަބް އެމިރޭޓްސް، ޗައިނާ، ސައޫދީ އަރަބިއްޔާ، ލީބިޔާ، އަފްޣާނިސްތާން، ކެމަރޫން އަދި ޖޯޑްން ހިމެނެއެވެ.

ރަސްމީ ޑޭޓާ ދައްކާގޮތުން، މި ހިނގާ އަހަރަށް ކުރިން ކަނޑައެޅި ފިކްސްޑް ކޯޓާގެ ދަށުން، ގިނަ ގައުމުތަކަށް މިހާރު ހަކުރު ދޫކުރެވިފައި ވީނަމަވެސް، އަލަށް ކަނޑައަޅާ ފިޔަވަޅުގެ ދަށުން ދެލައްކައެއްހާ ޓަނުގެ ހަކުރު އިތުރަށް އެތެރޭގައި ހިފެހެއްޓޭނެއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް