ކ. މާލެ
|
25 އޭޕްރިލް 2023 | އަންގާރަ 19:25
ފަރީ އަސްކޮއި ގްރޫޕުން ދިޔަ އުމްރާވެރިން
ފަރީ އަސްކޮއި ގްރޫޕުން ދިޔަ އުމްރާވެރިން
އައިޝާ ފަޒޫ
ފަރީ އަސްކޮއިގެ ގްރޫޕްގެ އުމްރާވެރިން
ފަރީ އަސްކޮއި ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން ބުދަ ދުވަހު މާލެ އަންނާނެ
ދެވަނަ ގްރޫޕްގައި 30 މީހުން އަންނައިރު، އެމީހުން އަންނާނީ މެންދުރު 2 ޖަހާއިރު
ފުރަތަމަ ގްރޫޕްގައި 69 އުމްރާވެރިން އަންނައިރު، އެމީހުން އަންނާނީ ބުދަ ދުވަހުގެ ހެނދުނު 6 ޖަހާއިރު

މި ރަމަޟާން މަހު ފަރީ އަސްކޮއި ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިން ބުދަ ދުވަހު މާލެ އަންނާނެކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

އެ ޖަމާއަތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން ބުނީ އުމްރާވެރިން އަންނާނީ ދެ ގްރޫޕަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ ގްރޫޕްގައި 69 އުމްރާވެރިން އަންނައިރު، އެމީހުން އަންނާނީ ބުދަ ދުވަހުގެ ހެނދުނު 6 ޖަހާއިރުކަމަށް އެގްރޫޕުން ބުނެއެވެ. އަދި ދެވަނަ ގްރޫޕްގައި 30 މީހުން އަންނައިރު، އެމީހުން އަންނާނީ މެންދުރު 2 ޖަހާއިރުކަމަށް އެގްރޫޕުން ބުނެއެވެ.

އެގްރޫޕުން ބުނީ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިންގެ ހާލު ރަނގަޅުކަމަށެވެ. އަދި އުމްރާގެ ކަންކަން ކުރިޔަށްދިޔައީ ވަރަށް ރަނގަޅަށްކަމަށް އެގްރޫޕުން ބުނެއެވެ. އެގޮތުން ތިން އުމްރާ ވުމުގެ ފުރުސަތު އުމްރާވެރިންނަށް ދީފައިވާއިރު ރައުޟާއަށްވެސް އުމްރާވެރިން ޒިޔާރަތްކޮށްފައިވާކަމަށް އެ ގްރޫޕުން ބުނެއެވެ.

ފަރީ އަސްކޮއި ގްރޫޕުން މިއަހަރުގެ ޖުލައި، އޮކްޓޯބަރ އަދި ޑިސެމްބަރު މަހުވެސް މީހުން އުމްރާއަށް ގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް