ކ. މާލެ
|
23 އޭޕްރިލް 2023 | އާދީއްތަ 14:44
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުން ދިޔަ ފައިޙު ނިޒާމް
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުން ދިޔަ ފައިޙު ނިޒާމް
މޯލްޑިވްސް ޕޮލިސް ސާރވިސް
މަރާމާރީގެ މައްސަލަތައް
މާރާމާރީ ހިންގުމަށްފަހު ފިލައިގެން އުޅުނު ފައިހްއަށް ދައުވާކޮށްފި
މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީއާއި، ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ކޯޓުން އޭނާ ބަންދުވެސްކުރި
މަންޒަރު ފެނުުނު ހެކިންގެ ބަޔާނާއި، އަނިޔާ ލިބުނު މީހާގެ ބަޔާން ހުށަހަޅާފައިވޭ

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ފައިހް ނިޒާމް (25އ) ގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދައުވާ އުފުލައިފިއެވެ.

ފައިހް އަމިއްލައަށް ފުލުހުންނާ ޙަވާލުވީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން އޭނާ ހޯދާތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށެވެ. އޭނާ ހައްޔަރު ކުރިޔަ ނުދިނުމަށްޓަކައި ފޮރުވައިގެން ގެންގުޅޭ ކަމަށް ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުވެސް ކުރިއެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

އޭނާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުވެސް ކޮށްފައެވެ. އެއީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީއާއި، ހެއްކަށް ނުފޫޒު ފޯރުވަފާނެތީއެވެ.

އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި މަންޒަރު ފެނުުނު ހެކިންގެ ބަޔާނާއި، އަނިޔާ ލިބުނު މީހާގެ ބަޔާނާއި، އޭނާގެ ކުށުގެ ރެކޯޑާއި، ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓު ހިމެނެއެވެ. ކްރިމިނަލް ކޯޓުގައި އެ އަމުރު ނެރުއްވީ ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް