ރަމަޟާން ކްރިކެޓް ކާނިވަލްގައި ހިމެނޭ ކުންފުނިތަކުގެ މުބާރާތުގެ ފައިނަލުން ފަތަހަ ސްޓާރއާއި ވަރަކަޕޯލާ ޖާގަ ހޯދައިފިއެވެ.
ފަތަހަ ސްޓާރ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި ހަ ވިކެޓުން ވާމިލިއަން ބަލިކޮށްގެންނެވެ. މެޗުގައި ފުރަތަމަ ކުޅެން އަރާ 7.5 އޯވަރުގެ ތެރޭގައި ވާމިލިއަންގެ ހުރިހާ ކުޅުންތެރިން ނުބައިވިއިރު ހެދުނީ 89 ލަނޑެވެ. ފަތަހަ ސްޓާރއިން ވަނީ 5.1 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއަކު ނުބައިވިއިރު 91 ލަނޑު ހަދާފައެވެ.
ވަރަކަޕޯލާ ފައިނަލްގެ ޖާގަހޯދީ ސެމީގައި ފަސް ވިކެޓުން އަހިންޝަކާސް ބަލިކޮށްގެންނެވެ. އަހިންޝަކާސް ކުޅެންއަރާ އެމީހުންގެ އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 102 ލަނޑެވެ. ވަރަކަޕޯލާއިން ވަނީ 5.3 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވިއިރު 103 ލަނޑު ހަދާފައެވެ.
މިއީ ރަމަޟާން ކްރިކެޓް ކާނިވަލްގައި ހިމެނޭ ފަހު މުބާރާތެވެ.