ކ. މާލެ
|
10 އޭޕްރިލް 2023 | ހޯމަ 20:45
ޗެމްޕިއަން ޕޮލިސް
ޗެމްޕިއަން ޕޮލިސް
ރަމަޟާން ކްރިކެޓް ކާނިވާ
އޮފީސް މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބް ހޯދައިފި
ފައިނަލްގައި ޕޮލިސް ވާދަކުރީ ކަސްޓަމްސްއާ

ރަމަޟާން ކްރިކެޓް ކާނިވަލްގައި ހިމެނޭ އޮފީސް މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ހޯދައިފިއެވެ.

ޕޮލިސް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާ ވާދަކޮށް 31 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. ޕޮލިހުގެ އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން 124 ލަނޑު ހެދިއެވެ. ކަސްޓަމްސްގެ އަށް އޯވަރަށް ތިން ކުޅުންތެރިން ނުބައިވިއިރު ހެދުނީ 93 ލަނޑެވެ. ޕޮލިސް ކްލަބުން އެންމެ ގިނަ ލަނޑު ހެދީ 14 ބޯޅައިން 35 ލަނޑު ހެދި, ކަސުންއެވެ. ކަސްޓަމްސްއިން އެންމެ ގިނަ ލަނޑު ހެދީ 17 ބޯޅައިން 33 ލަނޑު ހެދި މުޙައްމަދު އާމިރުއެވެ.

މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނަކީ ކަސްޓަމްސްގެ މުހައްމަދު އާމިރުއެވެ. މުބާރާތުގެ އެންމެ މޮޅު ބޯލަރަކީ ކަސުންއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ.

- ކޮމެންޓް