ކ. މާލެ
|
19 އޭޕްރިލް 2023 | ބުދަ 08:04
ޓެލްސާޓާ 40
ޓެލްސާޓާ 40
ގޫގުލް
ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ޕާކިސްތާނުން އުފައްދާ ބޭހެއްގެ ބެޗެއްގައި މައްސަލަ ހުރުމުން ސަމާލުވުމަށް އެދިއްޖެ
ރިކޯލް ކޮށްފައިވަނީ އެ ބޭހުގެ ބެޗު ނަންބަރު 2ބީ151

ޕާކިސްތާނުގެ ކުންފުންޏަކުން އުފައްދާ ބޭހެއްގައި މައްސަލައެއް ހުރުމުން އެ ބޭސް ބޭނުން ކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން އަންގާރަ ދުވަހު ބުނީ ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ފާމް އިވޯ ފާމަސޫޫޓިކަލްސް ޕްރައިވެޓް ލިމިޓެޑުން އުފައްދާ ބޭހެއް ކަމަށްވާ ޓެލްސާޓާ 40 (Telsarta 40 (Telmisartan)) ގެ ބެޗެއްގައި މުށި ކުލައިގެ ލައްތަކެއް ހުރުމާ ގުޅިގެން އެ ބެޗު، ސަބްސްޓޭންޑަޑް ޕްރޮޑަކްޓެއްގެ ގޮތުގައި ރީކޯލް ކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ބޭހާއި ބެހޭ ވުޒާރާއިން ބުނެފައިވާ ކަމަށެވެ. އެގޮތުން، ރިކޯލް ކޮށްފައިވަނީ އެ ބޭހުގެ ބެޗު ނަންބަރު 2ބީ151 އެވެ.

އެމްއެފްޑީއޭއިން ބުނީ މި ބޭހަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމުގެ ހުއްދަ ކުރާ ބޭހުގެ ތެރޭގައި ހިމެނޭ ބޭހެއް ކަމަށެވެ. ނަމަވެސް މިވަގުތު މި ބޭހުގެ މުށި ކުލައިގެ ލައްތައް ހުރި ބެޗު ރާއްޖޭގައި ނެތް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އެ ބެޗު ރާއްޖޭގައި ނެތް ނަމަވެސް ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކުންނާއި އަމިއްލަ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކޮށް ބޭނުންކުރާ ފަރާތްތަކުން އެ ބެޗަށް ސަމާލުވުމަށް ވަނީ އެދިފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އިމްޕޯޓް ކުރާ ބޭހަށް ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓުތަކުގައި ބަލައި ފާސްކުރާނެ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް