ކ. މާލެ
|
26 އޯގަސްޓް 2024 | ހޯމަ 20:04
ހެލްތް މިނިސްޓްރީ، ރައީސް އޮފީސް އަދި ޤާނޫނު އަސާސީ
ހެލްތް މިނިސްޓްރީ، ރައީސް އޮފީސް އަދި ޤާނޫނު އަސާސީ
ރާއްޖެއެމްވީ
ފުޑް އެސްޓަބްލިޝްމަންޓް ރެޖިސްޓްރޭޝަން
"ވަންގަވް"ގެ ދަށުން ދެމުން ދިޔަ ފުޑް އެސްޓަބްލިޝްމަންޓް ރެޖިސްޓްރޭޝަން ޚިދުމަތް އެމްއެފްޑީއޭގެ ދަށަށް ބަދަލުކޮށްފި
އެފްޑީއޭ އުފައްދާފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ 8ވަނަ މާއްދާގެ(ހ)ގެ ދަށުން

"ވަންގަވް"ގެ ދަށުން ދެމުން ދިޔަ ފުޑް އެސްޓަބްލިޝްމަންޓް ރެޖިސްޓްރޭޝަން ޚިދުމަތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެފްޑީއޭގެ ދަށަށް ބަދަލުކޮށްފިއެވެ.

އެކަން ބަދަލުކޮށްފައި ވަނީ 26 އޮގަސްޓް 2024ގައެވެ.

ހެލްތް މިނިސްޓްރީން ބުނީ އެ ބަދަލު ގެނެސްފައި ވަނީ ޤާނޫނު ނަމްބަރު 6/2024 ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު 23 އޮގަސްޓްގައި ތަންފީޒުކުރަން ފެށުމުން ކަމަށެވެ. އެއާއި އެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދެނުން ދިޔަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން (ހޮޓާ، ކެފޭ، ރެސްޓޯރެންޓް) ރަޖިސްޓްރީ ކުރުމާއި ހުއްދަ ދިނުމުގެ މަސައްކަތް އެފްޑީއޭގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި 26 އޮގަސްޓް އޮން ފެށިގެން ވަންގަވްގެ ދަށުން ދެން އެ ޚިދުމަތް ނުލިބޭނެކަން ފާހަގަކޮށްލެވެއެވެ. އްވުމަށް އެ ވުޒާރާއިން އެދެއެވެ.

އެފްޑީއޭ އުފައްދާފައިވަނީ ޤާނޫނު ނަންބަރު 6/2024 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު)ގެ 8ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.

- ކޮމެންޓް