ކ. މާލެ
|
18 އޭޕްރިލް 2023 | އަންގާރަ 18:50
ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން ޔޫކްރެއިނަށް ވަޑައިގަތުން
ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން ޔޫކްރެއިނަށް ވަޑައިގަތުން
ރޮއިޓާސް
ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން
ރަޝިއާގެ ރައީސް ޕުޓިން، ޔޫކްރެއިނަށް ވަޑައިގެންފި
މި ޒިޔާރަތުގައި ޕުޓިން ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވާ ރަޝިއާގެ އަސްކަރީ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައި
ޕުޓިން ޒިޔާރަތްކުރައްވާފައި ވަނީ ރަޝިއާގެ ބާރުގެ ދަށުގައިވާ ޔޫކްރެއިންގެ ދެ ސަރަހައްދު ކަމުގައިވާ ޚާސަންއާއި ލުހާންސްކަށް
ޕުޓިން ޔޫކްރެއިނަށް ވަޑައިގަންނަވާފައި ވަނީ ހޯމަ ދުވަހު

ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން ޔޫކްރެއިނަށް ވަޑައިގެންފިއެވެ.

ޕުޓިން ޔޫކްރެއިނަށް ވަޑައިގެންފައިވަނީ ހޯމަ ދުވަހުއެވެ.

ރަޝިއާގެ ކަމާގުޅުންހުރި އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން, ޕުޓިން ޒިޔާރަތްކުރައްވާފައި ވަނީ ރަޝިއާގެ ބާރުގެ ދަށުގައިވާ ޔޫކްރެއިންގެ ދެ ސަރަހައްދު ކަމުގައިވާ ޚާސަން އަދި ލުހާންސްކަށެވެ.

މިޒިޔާރަތުގައި ޕުޓިން ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވާ ރަޝިއާގެ އަސްކަރީ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށްގެންދަވާފައެވެ.

ޔޫކްރެއިންގެ ޚާސަން، ޒަޕޮރީޒިއާ، ލުހާންސް އަދި ޑޮނެސްކަކީ ރަޝިއާއިން އެގައުމުގެ ބާރުގެ ދަށަށް ގެންގޮސްފައިވާކަމަށް ބުނާ ސަރަހައްދުތަކެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރަޝިއާއިން ވަނީ އެކަން ކަނޑައެޅުމަށްޓަކައި ރިފަރެންޑަމެއްވެސް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ބައިނަލްއަގުވާމީ މަސްރަހުން މި ރިފަރެންޑަމް ބަލައިގެންފައެއް ނުވެއެވެ.

މިދިޔަ މަހު ޕުޓިން ވަނީ ރަޝިއާއިން ހިފާފައިވާ ކްރައިމިއާއަށާއި މަރިޕުލް ސިޓީއަށް ޒިޔާރަތްކުރައްވައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް