Advertisement
ކ. މާލެ
|
18 އޭޕްރިލް 2023 | އަންގާރަ 17:58
ނ. އަތޮޅު ތައުލީމީ މަރުކަޒުގެ މަސައްކަތް ހަވާލުކުރުން
ނ. އަތޮޅު ތައުލީމީ މަރުކަޒުގެ މަސައްކަތް ހަވާލުކުރުން
އެޑިއުކޭޝަން މިނިސްޓްރީ
ނ. އަތޮޅު ތައުލީމީ މަރުކަޒު
ނ. އަތޮޅު ތައުލީމީ މަރުކަޒުގެ 4 ކްލާސްރޫމްގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
މިއީ 2021 ގެ ޕީއެސްއައިޕީގެ ތެރެއިން ކުރިއަށްގެންދާ ޕްރޮޖެކްޓެއް

ނ.އަތޮޅު ތަޢުލީމި މަރުކަޒުގެ 4 ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ބަޔަކާ ހަވާލުކޮށްފިއެވެ.

އަންގާރަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމްއެވެ. ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުޒްހިންއެވެ.

Advertisement

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަސައްކަތަށް އެ ކުންފުނިން ހުށަހަޅާފައިވަނީ 4,568,262.52ރ (ހަތަރު މިލިޔަން ފަސްލައްކަ ފަސްދޮޅަސް އަށްހާސް ދުއިސައްތަ ފަސްދޮޅަސް ދެރުފިޔާ ފަންސާސް ދެލާރި) ކަމަށެވެ. މި މަސައްކަތް 110 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް