ކ. މާލެ
|
16 އޭޕްރިލް 2023 | އާދީއްތަ 21:32
ލީގުގައި އެމްއެސް މޭޓްސް ކުޅުނު މެޗެއްގެ ތެރެއިން، ސެމީން ވަނީ ޖާގަ ހޯދާފައި
ލީގުގައި އެމްއެސް މޭޓްސް ކުޅުނު މެޗެއްގެ ތެރެއިން، ސެމީން ވަނީ ޖާގަ ހޯދާފައި
އެފްއޭއެމް ވެޓަރެންސް ލީގު
ސެމީގެ ފަހު ދެ ޖާގަ ހުޅުމާލެ ވެޓަރެންސްއާއި އެމްއެސް މޭޓްސްއަށް
ސެމީގައި ހުޅުމާލެ ވެޓަރެންސްއާ ވާދަކުރާނީ އެމްއެސް މޭޓްސް

އެފްއޭއެމް ވެޓަރެންސް ލީގުގެ ސެމީފައިނަލްގެ ފަހު ދެ ޖާގަ ހުޅުމާލެ ވެޓަރެންސްއާއި އެމްއެސް މޭޓްސް ހޯދައިފިއެވެ.

ހުޅުމާލެ ވެޓަރެންސް ސެމީން ޖާގަ ހޯދީ ކުއާޓަރ ފައިނަލްގައި 2-1ން ޕޮލިސް ކްލަބް ބަލިކޮށްގެންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ކުރިހޯދީވެސް ހުޅުމާލެ ވެޓަރެންސްއިންނެވެ. ލަނޑު ޖެހީ އިސްމާއީލް މުހައްމަދާއި, ހުސައިން ޝިމާޒު (ކޮކީ)އެވެ. ޕޮލިހުގެ ހަމައެކަނި ލަނޑު ޖެހީ މަހުމޫދު ޒަމީމްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފުރަތަމަ ލަނޑު ޖެހި އިސްމާއީލް މުހައްމަދެވެ.

ސެމީފައިނަލުން އެމްއެސް މޭޓްސް ޖާގަ ހޯދީ ކުއާޓަރ ފައިނަލްގައި 1-0ން ބުރު ސްޕޯރޓްސް ކްލަބް ބަލިކޮށްގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ ކެޕްޓަން އަސްއަދު އަބްދުލްޣަނީއެވެ. ސެމީފައިނަލްގައި އެމްއެސް މޭޓްސް ވާދަކުރާނީ ހުޅުމާލެ ވެޓަރެންސްއާއެވެ. ސެމީފައިނަލް ދެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހު ހަވީރުއެވެ. އަދި ފައިނަލް މެޗު ކުޅޭނީ ބުރާސްފަތި ދުވަހު ހަވީރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް