ކ. މާލެ
|
16 އޭޕްރިލް 2023 | އާދީއްތަ 09:00
ލީގުގައި ހުއްރިއްޔާ ގްރޫޕް ސްޓޭޖްގައި ކުޅުނު ފަހު މެޗުގެ ތެރެއިން
ލީގުގައި ހުއްރިއްޔާ ގްރޫޕް ސްޓޭޖްގައި ކުޅުނު ފަހު މެޗުގެ ތެރެއިން
އެފްއޭއެމް ވެޓަރެންސް ލީގު
ނިއުރޭޑިއަންޓާއި ސިފައިން ކަޓާ، ދަ ގްރާންޑޭއާއި ހުއްރިއްޔާ ސެމީއަށް
ސެމީގައި ވާދަކުރާނީ ހުއްރިއްޔާއާއި ދަ ގްރާންޑޭ

ނިއުރޭޑިއަންޓާއި ދިވެހި ސިފައިންގެ ކްލަބް ކަޓާ, އެފްއޭއެމް ވެޓަރެންސް ލީގުގެ ސެމީފައިނަލުން ދަ ގްރާންޑޭއާއި ހުއްރިއްޔާ ވެޓަރެންސް ޖާގަ ހޯދައިފިއެވެ.

ދަ ގްރާންޑޭ ސެމީފައިނަލުން ފުރުޞަތު ހޯދީ ކުއާޓާ ފައިނަލްގައި 3-1 ން ނިއުރޭޑިއަންޓް ބަލިކޮށްގެންނެވެ. ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށްފަހު ދަ ގްރާންޑޭއަށް ލީޑް ނަގައިދިނީ އަހުމަދު ޝަކީބުއެވެ. އެކަމަކު ތޮއްޑޫ މުޙައްމަދު ނިޒާމް ލަނޑެއް ޖަހާ ނިއުރޭޑިއަންޓަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ދަ ގްރާންޑޭއިން ދެވަނަ ފަހަރަށް ކުރިހޯދީ ވެސް އަހުމަދު ޝަކީބު ޖެހި ލަނޑުންނެވެ. ތިންވަނަ ލަނޑެއް ޖަހާ ސެމީ ޔަޤީންކޮށްދިނީ ބިންމާ އަބުދުالله ވަހީދެވެ. ނިއުރޭޑިއަންޓް މުބާރާތް ނިންމާލީ މެޗަކުން މޮޅުނުވެއެވެ.

ހުއްރިއްޔާ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލްގައި ދިވެހި ސިފައިންގެ ކްލަބާ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު އެއްވަރުވެ, ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ. ޕެނަލްޓީގައި ހުއްރިއްޔާ ކުރިހޯދީ 3-1 ނެވެ. ހުއްރިއްޔާގެ ޕެނަލްޓީތައް ކާމިޔާބުކުރީ ހުސެއިން ނަސީރުއާއި, މައުސޫމް އަބުދުލްޣަފޫރާއި, ހަސަން ނަދީމްއެވެ. ނާކާމިޔާބުވީ އެންމެ ޕެނަލްޓީއެކެވެ. ސިފައިންގެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ މުހައްމަދު ވާސިފްއެވެ.

ސެމީފައިނަލްގައި ހުއްރިއްޔާ ވާދަކުރަން ޖެހޭނީ ދަ ގްރާންޑޭއާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް