ކ. މާލެ
|
16 އޭޕްރިލް 2023 | އާދީއްތަ 17:57
ޕާކިސްތާނު މީހާ އަތުން އަތުލައިގެން މަސްތުވާތަކެތި
ޕާކިސްތާނު މީހާ އަތުން އަތުލައިގެން މަސްތުވާތަކެތި
ކަސްޓަމްސް
މަސްތުވާތަކެތީގެ މައްސަލަ
ޕާކިސްތާނުން ރާއްޖެއަށް ޑްރަގް އެތެރެކުރި ޕާކިސްތާނު ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
މި ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށްވުރެ މަތިވާނެ
އެއީ ޕާކިސްތާނުގެ އުމުރުން 53 އަހަރުގެ ފިރިހެން
މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.98 ކިލޯ ހުރި

ވައިގެ މަގުން ރާއްޖެއަށް ޑްރަގް އެތެރެކުރި ޕާކިސްތާނު ފިރިހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ބަންދާއި މެދު ގޮތެއް ނިންމުމަށް އޭޕްރީލް 14ވީ ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ.

ކަސްޓަމްސްއިން މިތަކެތި އަތުލައިގެންފައިވަނީ، 13 އޭޕްރިލްވީ ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ކަރާޗީން ރާއްޖެ އައި ޕާކިސްތާނުގެ އުމުރުން 53 އަހަރުގެ ފިރިހެން ފަސިންޖަރަކާމެދު ޝައްކުކުރެވިގެން އޭނާއާ ސުވާލުކޮށް، ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

އެގޮތުން ބަލައި ފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސުން ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިނަށް ވަނީ ޕޮޒިޓިވްވެފައެވެ.

މިމައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.98 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް ލަފާކުރެވެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް، ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް