ކ. މާލެ
|
15 އޭޕްރިލް 2023 | ހޮނިހިރު 14:22
މައުހަދު އުލޫމުލް ޤުރުއާން ކްލާހުން ކުރިއަށް ގެންދާ ޤުރުއާން މުބާރަތް
މައުހަދު އުލޫމުލް ޤުރުއާން ކްލާހުން ކުރިއަށް ގެންދާ ޤުރުއާން މުބާރަތް
ރާއްޖެއެމްވީ
މައުހަދު އުލޫމްލް ޤުރުއާން
މައުހަދު އުލޫމުލް ޤުރުއާން ކްލާހުން ކުރިއަށް ގެންދާ ޤުރުއާން މުބާރާތް ފަށައިފި
މި މުބާރާތުގައި 100 ވަރަކަށް ކުދިން ބައިވެރިވެފައިވޭ
މުބާރާތް އިންސާފު ކުރައްވަނީ ރާއްޖޭގެ މި ދާއިރާގެ ޤާބިލު ޤާރީން

1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން މައުހަދު އުލޫމުލް ޤުރުއާން ކްލާހުން ކުރިއަށް ގެންދާ ޤުރުއާން މުބާރަތް ފަށައިފިއެވެ.

ދެ ދުވަހަށް ކުރިއަށް ގެންދާ މި މުބާރާތް ފަށާފައިވަނީ ހޮނިހިރު ދުވަހުއެވެ.

މި މުބާރާތާއި ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އަލްޤާރީ މުހައްމަދު ނައީމް އަހުމަދު ފިކުރީ ވިދާޅުވީ، މި މުބާރާތުގައި 100 ވަރަކަށް ކުދިން ބައިވެރިވެފައިވާ ކަމަށެވެ.

އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބަލައިގެންނާއި ނުބަލައި ކިޔުމުގެ ގޮފިން އިންސާފު ކުރާނެއެވެ.

މުބާރާތް އިންސާފު ކުރައްވަނީ ރާއްޖޭގެ މި ދާއިރާގެ ޤާބިލު ޤާރީންނެވެ.

ޤާރީ ނައީމް ވިދާޅުވީ، ކޮންމެ އުމުރުފުރާއަކުންވެސް އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހަނދާނީ ލިއުމާއި އިނާމު ލިބިގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް