ކ. މާލެ
|
13 އޭޕްރިލް 2023 | ބުރާސްފަތި 20:40
ޕާކިސްތާނު މީހާ އަތުން އަތުލައިގަތް މަސްތުވާތަކެތި
ޕާކިސްތާނު މީހާ އަތުން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސް
މަސްތުވާތަކެތި
ޕާކިސްތާނުންް އައި ފަސިންޖަރެއްގެ ލަގެޖުން 4.98 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.98 ކިލޯ ހުރި

ވައިގެ މަގުން ޕާކިސްތާނުން ރާއްޖެއައި ޕާކިސްތާނުގެ ފަސިންޖަރެއްގެ ލަގެޖުން، މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސުން މިތަކެތި އަތުލައިގެންފައިވަނީ، ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ކަރާޗީން ރާއްޖެ އައި ޕާކިސްތާނުގެ އުމުރުން 53 އަހަރުގެ ފިރިހެން ފަސިންޖަރަކާމެދު ޝައްކުކުރެވިގެން އޭނާއާ ސުވާލުކޮށް، ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

އެގޮތުން ބަލައި ފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސުން ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިނަށް ވަނީ ޕޮޒިޓިވްވެފައެވެ.

މިމައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.98 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް ލަފާކުރެވެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި، ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް