Advertisement
ކ. މާލެ
|
10 އޭޕްރިލް 2023 | ހޯމަ 15:18
ނ އަތޮޅު ތައުލީމީ މަރުކަޒުގެ 4 ކްލާސްރޫމް އިމާރާތުުގެ އެއްބަސްވުމުގައި ސޮއިކުރުން
ނ އަތޮޅު ތައުލީމީ މަރުކަޒުގެ 4 ކްލާސްރޫމް އިމާރާތުުގެ އެއްބަސްވުމުގައި ސޮއިކުރުން
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ނ އަތޮޅު ތައުލީމީ މަރުކަޒު
4.5 މިލިއަން ރުފިޔާގެ އަގަކަށް ނ އަތޮޅު ތައުލީމީ މަރުކަޒުގެ 4 ކްލާސްރޫމްގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
މި މަސައްކަތް ހަވާލުކޮށްފައިވަނީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ

4.5 މިލިއަން ރުފިޔާއަށް، ނ އަތޮޅު ތައުލީމީ މަރުކަޒުގެ 4 ކްލާސްރޫމްގެ މަސައްކަތް ނިންމުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ނ އަތޮޅު ތައުލީމީ މަރުކަޒުގެ ޢިމާރާތުގެ ނުނިމި ހުރި މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ 4568262.58ރ (ހަތަރު މިލިއަން ފަސް ލައްކަ ފަސްދޮޅަސް އަށް ހާސް ދުއިސައްތަ ފަސްދޮޅަސް ދެ ރުފިޔާ، ފަންސާސް ދެ ލާރި) އަށް، ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

Advertisement

މި މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ.

އަދި ނެކްސްޓާ މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަހުމަދު މުޒްހިނެވެ.

ނެކްސްޓާ މޯލްޑިވްސްއާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 4.5 މިލިއަން ރުފިޔާއަށެވެ. އަދި މަސައްކަތް ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 110 ދުވަހުގެ މުއްދަތެކެވެ. މިއީ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް