ކ. މާލެ
|
9 އޭޕްރިލް 2023 | އާދީއްތަ 22:27
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖިންގ ޑިރެކްޓަރު، އިސްމާއީލް ފައުޒީ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖިންގ ޑިރެކްޓަރު، އިސްމާއީލް ފައުޒީ
ރާއްޖެއެމްވީ
މަސްވެރިކަން
މަސްވެރިކަން ވަރަށް ރަނގަޅު، ކޮންމެ ދުވަހަކުވެސް 350-400 ޓަނުގެ މަސް ލިބޭ: މިފްކޯގެ ސީއީއޯ
މަސް ކިރުވުމުގައި ދައްޗެއް ކުރިމައްޗެއްނުވޭ
ވަރަށް ދުރުން މަސްވެރިން މަސް ކިރަން އަންނަކަން ފާހަގަކުރެވޭ

މިދުވަސްވަރު މަސްވެރިކަން ވަރަށް ރަނގަޅު ކަމަށާއި، ކޮންމެ ދުވަހަކުވެސް 350-400 ޓަނުގެ މަސް ލިބޭކަމަށް, މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ، ނޮވެންބަރު މަހުން ފެށިގެން މަސްވެރިކަން ރަނގަޅުވާން ފަށާފައިވާކަމަށާއި، މަސްވެރިން ވަރަށް ދުރުންވެސް މަސް ކިރުވަން އަންނަކަމަށެވެ. އެގޮތުން ދުވާލަކު 350އާ 400 ޓަނުގެ މަސް ކިރާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ މިހާ ހިސާބުގައި މަސް ލިބޭވަރު އިތުރެ، މަސް ކިރުވުމަށް ދަތިތަކާ ކުރިމަތިވިކަމަށެވެ. ނަމަވެސް މިއަހަރު ކެޕޭސިޓީ އިތުރުކުރެވިފައިވާތީ އެ މައްސަލަ ކުރިމަތިނުވާކަމަށާއި، މަސްވެރިން ބާނާ ހުރިހާ މަހެއް ކިރާލެވޭކަމަށެވެ.

އޭޕްރީލް މަހު (ޚާއްސަކޮށް ނޮވެންބަރު މަހުން ފެށިގެން އޭޕްރީލް މެއިއާ ހަމައަށް) މަސްވެރިކަން ވަރަށް ރަނގަޅު. ޚާއްސަކޮށް އޭޕްރީލް މަހަކީ މަސްވެރިކަން ވަރަށް ރަނގަޅު މަހެއް. އަދި މިދިޔަ އަހަރުގެ މި މުއްދަތުގަ ހަމަ އަޅުގަނޑުމެންނަށް މަސް ނުކިރިގެން ދިޔަ. ނަމަވެސް ރަމަޟާން މަހަށް މިއަހަރުގެ އޭޕްރީލް މަސް އައިމަ ކޮންމެސް ވަރަކަށް މަސްވެރިން މަޑު ޖެހިފަ، އެހެންނަމަވެސް ދޯނި ފަހަރުގެ އަދަދު އަނެއްހެން ރަނގަޅު. 40 ދޯނި އެބަ ނުކުމޭ ދެކުނުގަ. ދެން އެވްރެޖްކޮށް 350އާ 400 ޓަނާ ހަމައަށް. އިއްޔެގަ އަޅުގަނޑުމެންނަށް ލިބުނު 400 ވަރަކަށް ޓަނުގެ.
މިފްކޯގެ ސީއީއޯ، އިސްމާއީލް ފައުޒީ

ރާއްޖޭގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު މިފްކޯގެ ކެޕޭސިޓީއަށްވުރެ ގިނައިން މަސް ބާނާ ދުވަސްތައް ވެސް އާދެއެވެ. މީގެ ސަބަބުން މިފްކޯއިން ލިމިޓެއް ކަނޑައަޅައެވެ. ނަމަވެސް އެ ކުންފުނިން މަސައްކަތްކުރަމުން އަންނަނީ ކެޕޭސިޓީ އިތުރުކޮށް، މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް